މަސައްކަތް
ނަންބަރު: B-381/I-2015/44
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި:
09 ސެޕްޓެންބަރު 2015 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުކޮނެ، ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ:
1 އަހަރު ދުވަސްވަންދެން މިއިދާރާގެ ފަރާތުން އެކިއެކި ކަންކަމަށް މަގުކޮނެ، ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.
- މަސައްކަތްތައް
- ކައުންސިލްއިދާރާގެ ފަރާތުން އެކިއެކި ކަންކަމަށް މަގުކޮނެ، ކޭބަލް އެޅުމަށްފަހު ފަސްގަނޑު ލެވަލްކުރުން.
- ދުވާރު ހެދިފައިވާ މަގުތަކުގެ އެކަމަށް ޚާއްޞަކުރެވިފައިވާ ކާނުތެރެއިން ކޭބަލްއެޅުން.
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުދިނުން އޮންނާނީ 2015 ސެޕްޓެންބަރު 09 ވަނަ ދުވަހުގެ 13:00 ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ،އެސް،ޓީ ރަޖިސްޓަރީ ސެޓުފިކެޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވިޔަފާގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
60% |
ފަންނީގާބިލުކަން |
20% |
މުއްދަތު |
20% |
އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ, މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
15 ޛުލްޤަޢިދާ 1436
30 އޮގަސްޓް 2015