ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2025-19
މަޤާމް: ސީނިއަރ އޮފިސަރ
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން/ޔުނިޓް: ބިއުރޯ/ޕަބްލިކް ރިލޭޝަންސް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތުގެ ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
- މަރކެޓިންގް، މީޑިއާ ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނަވަތަ
- މަރކެޓިންގް، މީޑިއާ ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
- ޕަބްލިކް ރިލޭޝަންސް ނުވަތަ މީޑިއާގެ ދާއިޜާއިން ލިބިފައިވާ ތަޖުރިބާއަށް އިސްކަންދެވޭނެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުންޏާއި ކުންފުނީގެ ހިދުމަތްތަކާ ބެހޭ ގޮތުން ޕްރެސް ރިލީޒް އަދި އެހެނިހެން ޕްރޮމޯޝަނަލް/ހޭލުންތެރިކަމުގެ ލިޔުންތައް ތައްޔާރުކުރުން.
- އިންފޯ ގްރެފިކް ކޮންޓެންޓް ތައްޔާރުކުރުން.
- ޕީ.އާރް ހަރަކާތްތަކާއި ޕޯސްޓްތަކަށް ކޮންޓެންޓް ތައްޔާރުކުރުން.
- ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖްތައް އިރުޝާދުގެ ދަށުން ބެލެހެއްޓުން.
- ނިއުސް މީޑިއާއާއި ސޯޝަލް މީޑިއާގައި ދައުރުވާ، ކުންފުންޏާއި ނުވަތަ ކުންފުނީގެ ހިދުމަތްތަކާއި ގުޅޭ ޚަބަރުތަކާއި ޕޯސްޓުތައް ގަވާއިދުން މޮނިޓަރކޮށް، ސުޕަވައިޒަރ ނުވަތަ ސެކްޝަން ހެޑުގެ ސަމާލުކަމަށް ގެނައުން.
- ކުންފުނީގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކުންފުންޏާ ބެހޭ ޚަބަރު/ޕޯސްޓް/ޝަކުވާގެ ރެކޯޑް ބެލެހެއްޓުމާއި، ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި އެކަމާއިގުޅޭ އެންމެހައިކަންކަން ފުރިހަމަ ކުރުން.
- ޕީ.އާރް އިން ހިންގާ ހުރިހާ ހަރަކާތްތަކުގައި ބައިވެރިވެ، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް އިލަސްޓްރޭޓަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.
މުސާރައާއި އިނާޔަތް:
- -/15،200.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 26 މޭ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.