ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2025-19
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2025
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 26 މޭ 2025 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ޕަބްލިކް ރިލޭޝަންސް

އިޢުލާން ނަންބަރު: ASND-HCM-IUL-2025-19

މަޤާމް: ސީނިއަރ އޮފިސަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން/ޔުނިޓް: ބިއުރޯ/ޕަބްލިކް ރިލޭޝަންސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތުގެ ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  1. މަރކެޓިންގް، މީޑިއާ ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނަވަތަ
  2. މަރކެޓިންގް، މީޑިއާ ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަސައްކަތާގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  3. ޕަބްލިކް ރިލޭޝަންސް ނުވަތަ މީޑިއާގެ ދާއިޜާއިން ލިބިފައިވާ ތަޖުރިބާއަށް އިސްކަންދެވޭނެ.

       

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުންޏާއި ކުންފުނީގެ ހިދުމަތްތަކާ ބެހޭ ގޮތުން ޕްރެސް ރިލީޒް އަދި އެހެނިހެން ޕްރޮމޯޝަނަލް/ހޭލުންތެރިކަމުގެ ލިޔުންތައް ތައްޔާރުކުރުން.
  2. އިންފޯ ގްރެފިކް ކޮންޓެންޓް ތައްޔާރުކުރުން.
  3. ޕީ.އާރް ހަރަކާތްތަކާއި ޕޯސްޓްތަކަށް ކޮންޓެންޓް ތައްޔާރުކުރުން.
  4. ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖްތައް އިރުޝާދުގެ ދަށުން ބެލެހެއްޓުން.
  5. ނިއުސް މީޑިއާއާއި ސޯޝަލް މީޑިއާގައި ދައުރުވާ، ކުންފުންޏާއި ނުވަތަ ކުންފުނީގެ ހިދުމަތްތަކާއި ގުޅޭ ޚަބަރުތަކާއި ޕޯސްޓުތައް ގަވާއިދުން މޮނިޓަރކޮށް، ސުޕަވައިޒަރ ނުވަތަ ސެކްޝަން ހެޑުގެ ސަމާލުކަމަށް ގެނައުން.
  6. ކުންފުނީގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ކުންފުންޏާ ބެހޭ ޚަބަރު/ޕޯސްޓް/ޝަކުވާގެ ރެކޯޑް ބެލެހެއްޓުމާއި، ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި އެކަމާއިގުޅޭ އެންމެހައިކަންކަން ފުރިހަމަ ކުރުން.
  8. ޕީ.އާރް އިން ހިންގާ ހުރިހާ ހަރަކާތްތަކުގައި ބައިވެރިވެ، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް އިލަސްޓްރޭޓަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

 

މުސާރައާއި އިނާޔަތް:

- -/15،200.00 ރުފިޔާ

- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 26 މޭ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

   

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 މޭ 2025