ދިވެހިރާއްޖެ
މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
މަޤާމު: މެޑިކަލް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ އޮފީސް: މޯލްޑިވިއަން ބްލަޑް ސަރވިސަސް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
- ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ޕޭޝަންޓުން އޯ.ޕީ.ޑީ ގައި ބެލުން.
- ތެލެސީމިއާ ކުދިން ވޯޑުގައި ލޭ ގުޅައިގެން ތިބޭވަގުތު ލޭ އެޅުމުގެ ސަބަބުން ދިމާވާ ޞިއްޙީ ހާލަތްތަކަށް ފަރުވާ ދިނުން.
- ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެކުދިންނަށް ގަވާއިދުން ދޭންޖެހޭ ފަރުވާ ދިނުން.
- ތެލަސީމިއާ ކުދިންގެ ފަރުވާއާބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް ރަނގަޅަށް އޮޅުންފިލުވައިދީ ދޭންޖެހޭ އިރުޝާދު ދިނުން.
- ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށާއި ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޑިޔުކޭޝަން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރު ކުރުން.
- ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށާއި ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ އަތޮޅުތަކުގައި ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
- ހިލޭސާބަހަށް ލޭހަދިޔާކުރުމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް އެޑިޔުކޭޝަން، އިންފޮމޭޝަން، ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރުކުރުމާއި ބްލަޑް ޑޮނޭޝަން ކޭމްޕްތަކުގައި ބައިވެރިވުން.
މަޤާމުގެ ޝަރުޠުތަކާއި އިނާޔަތްތައް
މަޤާމުގެ ނަން |
މަޤާމުގެ ކްލެސިފިކޭޝަން |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ (ރުފިޔާ) |
ސަރވިސް އެލަވަންސް ދުވާލަކަށް 30 ދުވަހަށް (ރުފިޔާ) |
މެޑިކަލް އޮފިސަރ |
ޖެނެރަލް މެޑިކަލް ޕްރެކްޓީޝަނަރސް
|
CS12-5 |
މެޑިކަލް އޮފިސަރ،ސީއެސް 12-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/18,350 ރުފިޔާ |
-/6150 ރުފިޔާ |
CS12-4 |
މެޑިކަލް އޮފިސަރ،ސީއެސް 12-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/17,490 ރުފިޔާ |
-/6150 ރުފިޔާ |
||
CS12-3 |
މެޑިކަލް އޮފިސަރ،ސީއެސް 12-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/16,630 ރުފިޔާ
|
-/6150 ރުފިޔާ |
||
CS12-2
|
މެޑިކަލް އޮފިސަރ،ސީއެސް 12-1 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/15,850 ރުފިޔާ |
-/6150 ރުފިޔާ
|
||
CS12-1
|
މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން. |
-/15,090 ރުފިޔާ |
-/6150 ރުފިޔާ
|
އިތުރު އިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމު: ލެބޯޓްރީ ޓެކްނޮލޮޖިސްޓް
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތް ކުރަންޖެހޭ އޮފީސް: މޯލްޑިވިއަން ބްލަޑް ސަރވިސަސް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ލެބޯޓްރީ
މުސާރައާއި އިނާޔަތްތައް:
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
- ޕޭޝަންޓުންނާއި ޑޯނަރުންގެ ބްލަޑް ސާމްޕަލް ނެގުން.
- ޑޯނަރުންނާއި ޕޭޝަންޓުންގެ ޓީ.ޓީ.އައި ސްކްރީނިންގް ކުރުމާއި އެންޓިބޮޑީ ސްކްރީންކުރުމައި، ރިޕޯޓު ތައްޔާރުކުރުމާއި، ރިޕޯޓުތައް ފައިލްކޮށް ބެލެހެއްޓުން
- ޕޭޝަންޓުންގެ ކްރޮސް މެޗް ހަދާ ރިޕޯޓު ތައްޔާރުކުރުމައި ރިޕޯޓުތައް ފައިލްކޮށް ބެލެހެއްޓުން.
- ލެބޯޓްރީގައި ބޭނުންކުރަމުންދާ ހުރިހާ އިކުއިޕްމަންޓްސްތައް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން
- ލެބޯޓްރީން އުކާލަންޖެހޭ ކުނި އޮންނަ އުސޫލުތަކާ އެއްގޮތަށް ނައްތާލުން.
- ލެބޯރެޓަރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާއި، ގައިޑްލައިންސްތަކާއި، އެސް.އޯ.ޕީތައް ލިޔެ ތައްޔާރުކުރުމުގައި ރިވައިޒްކުރުމުގައި އެހީތެރިވެދިނުން.
- ލެބޯޓަރީއަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
- ލެބޯޓަރީގެ މަސައްކަތްތަކާ ގުޅޭ ދިރާސާތައް، އެކިއެކި ފަރާތްތަކާ ގުޅިގެން ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުން.
- ލޭ ހަދިޔާ ކުރުމާބެހޭ ގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
- ލޭ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ލޭ ހޯދުމަށްޓަކައި ހިންގޭ ބްލަޑް ކޭމްޕްތަކުގައި ބައިވެރިވުން
މަޤާމުގެ ޝަރުޠު ތަކާއި އިނާޔަތްތައް
މަޤާމުގެ ނަން |
މަޤާމުގެ ކްލެސިފިކޭޝަން |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ (ރުފިޔާ) |
ސަރވިސް އެލަވަންސް (ރުފިޔާ) |
ލެބޯޓްރީ ޓެކްނޮލޮޖިސްޓް |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
MS2 |
|
-/6,295 ރުފިޔާ |
-/2,500 ރުފިޔާ |
އިތުރު އިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދައިރާއިން ލިބިފައިވާ އަޖުރިބާއަށް ބަލައިގެން
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
- މީގެ އިތުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއޮފީހުންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޮރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އަކެތި ހުށަހަޅާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:30 އެވެ.
އިންޓަވިއު ކުރުން
މިވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 07 ސެޕްޓެންބަރު 2015 އާއި 10 ސެޕްޓެންބަރު 2015 އާ ދެމެދު މޯލްޑިވިއަން ބްލަޑް ސަރވިސަސްގައެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.