ވަޒީފާގެ ފުރުޞަތު
ނަންބަރު: MBS/IU/2015/14
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:30
ސުންގަޑި: 06 ސެޕްޓެންބަރު 2015 14:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު: މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް: މޯލްޑިވިއަން ބްލަޑް ސަރވިސަސް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ޕޭޝަންޓުން އޯ.ޕީ.ޑީ ގައި ބެލުން.
  2. ތެލެސީމިއާ ކުދިން ވޯޑުގައި ލޭ ގުޅައިގެން ތިބޭވަގުތު ލޭ އެޅުމުގެ ސަބަބުން ދިމާވާ ޞިއްޙީ ހާލަތްތަކަށް ފަރުވާ ދިނުން.
  3. ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެކުދިންނަށް ގަވާއިދުން ދޭންޖެހޭ ފަރުވާ ދިނުން.
  4. ތެލަސީމިއާ ކުދިންގެ ފަރުވާއާބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް ރަނގަޅަށް އޮޅުންފިލުވައިދީ ދޭންޖެހޭ އިރުޝާދު ދިނުން.
  5. ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށާއި ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޑިޔުކޭޝަން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރު ކުރުން.
  6. ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށާއި ތެލެސީމިއާ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ އަތޮޅުތަކުގައި ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  7. ހިލޭސާބަހަށް ލޭހަދިޔާކުރުމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް އެޑިޔުކޭޝަން، އިންފޮމޭޝަން، ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރުކުރުމާއި ބްލަޑް ޑޮނޭޝަން ކޭމްޕްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތަކާއި އިނާޔަތްތައް

މަޤާމުގެ ނަން

މަޤާމުގެ ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ (ރުފިޔާ)

ސަރވިސް އެލަވަންސް ދުވާލަކަށް 30 ދުވަހަށް (ރުފިޔާ)

 

 

 

 

 

 

މެޑިކަލް އޮފިސަރ

ޖެނެރަލް މެޑިކަލް ޕްރެކްޓީޝަނަރސް

 

 

 

 

 

 

 

 

CS12-5

މެޑިކަލް އޮފިސަރ،ސީއެސް 12-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

 -/18,350 ރުފިޔާ

-/6150 ރުފިޔާ

CS12-4

މެޑިކަލް އޮފިސަރ،ސީއެސް 12-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/17,490 ރުފިޔާ

-/6150 ރުފިޔާ

CS12-3

މެޑިކަލް އޮފިސަރ،ސީއެސް 12-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/16,630 ރުފިޔާ

 

-/6150 ރުފިޔާ

CS12-2

 

މެޑިކަލް އޮފިސަރ،ސީއެސް 12-1 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

-/15,850 ރުފިޔާ

-/6150 ރުފިޔާ

 

CS12-1

 

މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

-/15,090 ރުފިޔާ

-/6150 ރުފިޔާ

 

އިތުރު އިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމު: ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ އޮފީސް: މޯލްޑިވިއަން ބްލަޑް ސަރވިސަސް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ލެބޯޓްރީ

މުސާރައާއި އިނާޔަތްތައް:

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕޭޝަންޓުންނާއި ޑޯނަރުންގެ ބްލަޑް ސާމްޕަލް ނެގުން.
  2. ޑޯނަރުންނާއި ޕޭޝަންޓުންގެ ޓީ.ޓީ.އައި ސްކްރީނިންގް ކުރުމާއި އެންޓިބޮޑީ ސްކްރީންކުރުމައި، ރިޕޯޓު ތައްޔާރުކުރުމާއި، ރިޕޯޓުތައް ފައިލްކޮށް ބެލެހެއްޓުން
  3. ޕޭޝަންޓުންގެ ކްރޮސް މެޗް ހަދާ ރިޕޯޓު ތައްޔާރުކުރުމައި ރިޕޯޓުތައް ފައިލްކޮށް ބެލެހެއްޓުން.
  4. ލެބޯޓްރީގައި ބޭނުންކުރަމުންދާ ހުރިހާ އިކުއިޕްމަންޓްސްތައް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން
  5. ލެބޯޓްރީން އުކާލަންޖެހޭ ކުނި އޮންނަ އުސޫލުތަކާ އެއްގޮތަށް ނައްތާލުން.
  6. ލެބޯރެޓަރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާއި، ގައިޑްލައިންސްތަކާއި، އެސް.އޯ.ޕީތައް ލިޔެ ތައްޔާރުކުރުމުގައި ރިވައިޒްކުރުމުގައި އެހީތެރިވެދިނުން.
  7. ލެބޯޓަރީއަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  8. ލެބޯޓަރީގެ މަސައްކަތްތަކާ ގުޅޭ ދިރާސާތައް، އެކިއެކި ފަރާތްތަކާ ގުޅިގެން ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުން.
  9. ލޭ ހަދިޔާ ކުރުމާބެހޭ ގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  10. ލޭ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ލޭ ހޯދުމަށްޓަކައި ހިންގޭ ބްލަޑް ކޭމްޕްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠު ތަކާއި އިނާޔަތްތައް

މަޤާމުގެ ނަން

މަޤާމުގެ ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ (ރުފިޔާ)

ސަރވިސް އެލަވަންސް (ރުފިޔާ)

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

MS2

  • މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/6,295 ރުފިޔާ

-/2,500 ރުފިޔާ

އިތުރު އިނާޔަތްތައްއިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދައިރާއިން ލިބިފައިވާ އަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
  • މީގެ އިތުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިއޮފީހުންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2.  ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޮރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އަކެތި ހުށަހަޅާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:30 އެވެ.

އިންޓަވިއު ކުރުން

މިވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 07 ސެޕްޓެންބަރު 2015 އާއި 10 ސެޕްޓެންބަރު 2015 އާ ދެމެދު މޯލްޑިވިއަން ބްލަޑް ސަރވިސަސްގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

25 އޮގަސްޓް 2015