މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މިއިދާރާގެ ނަންބަރު IUL)227-HR/227/2015/31)ފ(29 ޖުލައި 2015) އިޢުލާން އިދާރީ ސަބަބަކަށްޓަކައި ބާޠިލުކޮށް، މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު:           

އެމް.އެސް 3

ރޭންކް

އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން

މިލަދުން މަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ/ ކޯޕަރޭޓް އެފެއާޒް

އޮފީސް /އިދާރާ /ސެކްޝަން

މިލަދުން މަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

7035.00 ރުފިޔާ

މުސާރަ

2000.00 ރުފިޔާ

ސަރވިސް އެލަވަންސް

1 (އެކެއް)

ބޭނުންވާ އަދަދު

  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ތަޢުލީމާއި ތަޖުރިބާ

 

  • ޔުނިޓުގެ އެންމެހާ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ހިންގާ ބެލެހެއްޓުން
  • ޔުނިޓަށް ލިބޭ މައްސަލަތަކަށް ދުވަހުން ދުވަހަށް ޖަވާބުތައްޔާރުކޮށް ފޮނުވުން
  • ޔުނިޓު މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އިޞްލާޙީ ފިޔަވަޅު އެޅުން
  • މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ދެމުންގެންދާކަން ކަށަވަރުކުރުމާއި ހިސާބުތައް ޗެކުކުރުން
  • ޔުނިޓުން ތައްޔާރުކުރާ ފައިސާގެ ރިޕޯޓުތައް ޗެކުކޮށް ކަނޑައެޅޭ މުއްދަތަށް ފޮނުވުމުގެ ކަންކަން ހިންގާ ބެލެހެއްޓުން
  • އަތޮޅުކައުންސިލް އިދާރާގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން
  • ފައިނޭންޝިއަލް ޕްލޭންތައްޔާރުކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން
  • އަތޮޅުރައްޔިތުންގެ މާލިއްޔަތާއި، ޓްރަސްޓް ފަންޑްގެ ހިސާބުތައް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމުގެ މަސައްކަތް ރާވާ ހިންގުން
  • ސަރުކާރުގެ އާމްދަނީގެ ގޮތުގައި ރަށުކައުންސިލްތަކަށް ބަލައިގަންނަ ފައިސާގެ ތަފުސީލު ބަލަހައްޓާ މަހުންމަހަށް ޕަބްލިކް އެކައުންޓަށް ޓްރާންސްފަރކުރުމުގެ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން
  • މާލީ ބަޔާން ތައްޔާރުކުރުން
  • ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނިސިޕަލް ބޮންޑާއި، މުނިސިޕަލް ސެކިއުރިޓީ ފަދަ މާލީ ސެކިއުރިޓީތައް އެކަށައަޅައި އެފަދަ ސެކިއުރިޓީތައް ސްޓޮކް އެސްޗޭންޖް މެދުވެރިކޮށް ވިއްކުން
  • ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން
  • ރަށުކައުންސިލްތަކުގެ ބަޖެޓުން މަހުންމަހަށް ގެންނަންޖެހޭ ފައިސާ ގެނައުމާއި، މުސާރަދިނުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް އެހީތެރިވެދީ އެކަންކަންބަލާ މޮނިޓަރކުރުން
  • ކައުންސިލަށް ލިބޭ އާމްދަނީއާއި، ހިނގާ ޚަރަދުގެ ރިޕޯޓު ތައްޔާރުވާ މަހަކު 1ފަހަރު ކައުންސިލަށް ހުށަހެޅުން
  • ކައުންސިލަށްލިބޭ ފައިސާގެ ބިލްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިސާ ދެއްކުމުގެ މަސައްކަތްކުރުވުން

މަޤާމުގެ މަސްއޫލިއްޔަތު

 

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ފައިސާއާ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން.
  • ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން
  • އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައި ވުން
  • ރަށުން ބޭރުގައި މަސައްކަތްކުރެވޭ މީހެއްކަމުގައި ވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

2015 ސެޕްޓެންބަރު 01 ވަނަދުވަހުގެ މެންދުރު 14.00 ގެ ކުރިން ށ.އަތޮޅުކައުންސިލްގެ އިދާރާ އަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުންނާއި، މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބެންހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު )
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމ މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540025 ނަންބަރު ފޯނާއެވެ.

08 ޛުލްޤަޢިދާ 1436

23 އޮގަސްޓް 2015
ހޯދާ