އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމު:
|
އެމް.އެސް 3
|
ރޭންކް
|
އެސިސްޓެންޓް ޑިރެކްޓަރ
|
ކްލެސިފިކޭޝަން
|
މިލަދުން މަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ/ ކޯޕަރޭޓް އެފެއާޒް
|
އޮފީސް /އިދާރާ /ސެކްޝަން
|
މިލަދުން މަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
7035.00 ރުފިޔާ
|
މުސާރަ
|
2000.00 ރުފިޔާ
|
ސަރވިސް އެލަވަންސް
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
- ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ހިޔުމަން ރިސޯސް މެނޭޖްމަންޓް، ފައިނޭންޝިއަލް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
|
ތަޢުލީމާއި ތަޖުރިބާ
|
- ޔުނިޓުގެ އެންމެހާ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ހިންގާ ބެލެހެއްޓުން
- ޔުނިޓަށް ލިބޭ މައްސަލަތަކަށް ދުވަހުން ދުވަހަށް ޖަވާބުތައްޔާރުކޮށް ފޮނުވުން
- ޔުނިޓު މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އިޞްލާޙީ ފިޔަވަޅު އެޅުން
- މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ދެމުންގެންދާކަން ކަށަވަރުކުރުމާއި ހިސާބުތައް ޗެކުކުރުން
- ޔުނިޓުން ތައްޔާރުކުރާ ފައިސާގެ ރިޕޯޓުތައް ޗެކުކޮށް ކަނޑައެޅޭ މުއްދަތަށް ފޮނުވުމުގެ ކަންކަން ހިންގާ ބެލެހެއްޓުން
- އަތޮޅުކައުންސިލް އިދާރާގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން
- ފައިނޭންޝިއަލް ޕްލޭންތައްޔާރުކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން
- އަތޮޅުރައްޔިތުންގެ މާލިއްޔަތާއި، ޓްރަސްޓް ފަންޑްގެ ހިސާބުތައް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމުގެ މަސައްކަތް ރާވާ ހިންގުން
- ސަރުކާރުގެ އާމްދަނީގެ ގޮތުގައި ރަށުކައުންސިލްތަކަށް ބަލައިގަންނަ ފައިސާގެ ތަފުސީލު ބަލަހައްޓާ މަހުންމަހަށް ޕަބްލިކް އެކައުންޓަށް ޓްރާންސްފަރކުރުމުގެ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން
- މާލީ ބަޔާން ތައްޔާރުކުރުން
- ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުނިސިޕަލް ބޮންޑާއި، މުނިސިޕަލް ސެކިއުރިޓީ ފަދަ މާލީ ސެކިއުރިޓީތައް އެކަށައަޅައި އެފަދަ ސެކިއުރިޓީތައް ސްޓޮކް އެސްޗޭންޖް މެދުވެރިކޮށް ވިއްކުން
- ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން
- ރަށުކައުންސިލްތަކުގެ ބަޖެޓުން މަހުންމަހަށް ގެންނަންޖެހޭ ފައިސާ ގެނައުމާއި، މުސާރަދިނުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް އެހީތެރިވެދީ އެކަންކަންބަލާ މޮނިޓަރކުރުން
- ކައުންސިލަށް ލިބޭ އާމްދަނީއާއި، ހިނގާ ޚަރަދުގެ ރިޕޯޓު ތައްޔާރުވާ މަހަކު 1ފަހަރު ކައުންސިލަށް ހުށަހެޅުން
- ކައުންސިލަށްލިބޭ ފައިސާގެ ބިލްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިސާ ދެއްކުމުގެ މަސައްކަތްކުރުވުން
|
މަޤާމުގެ މަސްއޫލިއްޔަތު
|
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ފައިސާއާ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން.
- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން
- އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައި ވުން
- ރަށުން ބޭރުގައި މަސައްކަތްކުރެވޭ މީހެއްކަމުގައި ވުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު
|
2015 ސެޕްޓެންބަރު 01 ވަނަދުވަހުގެ މެންދުރު 14.00 ގެ ކުރިން ށ.އަތޮޅުކައުންސިލްގެ އިދާރާ އަށެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
އުޖޫރައާއި އިނާޔަތްތައް
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުންނާއި، މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބެންހުންނާނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު )
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމ މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|