މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: މެނޭޖަރ، ރިވޯރޑްސް އެންޑް ޕޮލިސީ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ހިއުމަން ރިސޯސް ޑިވިޜަން

ޝަރުޠު:

  • ބެޗެލަރސް ޑިގްރީ ނުވަތަ މާސްޓަރސް އިން ހިއުމަން ރިސޯސް މެނޭޖަމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
  • މެނޭޖީރިއަލް މަޤާމެއްގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މުސާރައިގެ އޮނިގަނޑު ރޭވުމާއި، ބެންޗްމާކިންގ އެކްސަސައިޒްތައް ހިންގާފައިވުން.
  • ޕޮލިސީ ފޯމޭޝަންގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން .

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/22,000 ރުފިޔާއާއި -/20,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ ބޭނުންތަކާ އެއްގޮތަށް އޯގަނައިޒޭޝަނާއި، މަސައްކަތުގެ ހުނަރުވެރިކަން، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމު ތަރައްޤީކުރުމާއި އަދި ރިވޯރޑް ސްކީމް، މުސާރައިގެ އޮނިގަނޑާއި، މަޤާމުތަކުގެ ގްރޭޑިންގ ތައްޔާރުކުރުން.
  • ޒަމާނާއި ޙާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެޗް.އާރް.ގެ ޕޮލިސީތައް މުރާޖަޢާ ކުރުމާއި، ތަންފީޒްކުރުމުގައި އެޗް. އާރް. ޓީމާއެކު އެމް.އޭ.ސީ.އެލް. ގެ ވިޔަފާރީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ސްޓްރެޓެޖީތައް ރާވައި ހިންގުން.

މަޤާމު: އެސިސްޓެންޓް ކާގޯ އޮފިސަރ

ބޭނުންވާ އަދަދު: 04

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކާރގޯ ސަރވިސަސް

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ (އިނގިރޭސިއާއި ދިވެހި ހިމަނައިގެން) 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން،
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރުންް 20 – 30 ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/10,000 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ލޯޑް ޕްލޭނާ އެއްގޮތަށް ކާރގޯ މެއިލް/ މެނިފެސްޓޯ ތައްޔާރުކުރުން.
  • އެކްސްޕޯޓް ފްލައިޓްގެ ULD ލޭބަލް ތައްޔާރު ކުރުން
  • ކާރގޯ މެއިލް މެނިފެސްޓް ކުރޮސް ޗެކްކުރުން އަދި ލޯރޑް ކޮންޓްރޯލުން މި މަޢުލޫމާތު ކަށަވަރުކުރުން

މަޤާމު: ޓެކްނީޝަން

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ އެރޯޑްރޮމް އެންޑް ގްރައުންޑް ނެވްއެއިޑްސް.  

ޝަރުޠު:

  • ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުމާއެކު ނުވަތަ ޑިޕްލޮމާ ފެންވަރު ހުރުމާއި އިލެކްޓްރިކަލް ނުވަތަ އިލެކްޓްރޯނިކްސް ދާއިރާއިން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވުމުގެ B1,C1 ކެޓަގަރީގެ ލައިންސަންސް ލިބިފައިވުން.
  • ކޮމްޕިއުޓަރ އެމް.އެސް އޮފީސް ބޭނުންކުރަން އެގުން.
  • އުމުރުންް 18 – 30 ދެމެދުގެ ފަރާތެއް ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ރައްކާތެރިކަމާއެކު ކުންފުނީގެ އޮޕަރޭޝަން ހިންގުމަށްޓަކައި ޢަމަލުކުރަންޖެހޭ ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤާނޫނާއި ގަވާއިދުތަކަށް ޢަމަލުކުރުން.
  • ބަދަލު ގެންނަންޖެހޭ ޕީ.ފީ.އީ ޗެކްލިސްޓް، ޓާސްކް ޗެކްލިސްޓް، އިނިސްޕެކްޝަން ޗެކްލިސްޓް، މެއިންޓެނަންސް ޑޭޓާ އަދި އެނަލިސިސް ޓެކްނިކަލް ރިޕޯޓުތައް ޗެކްކުރުން. މަސައްކަތްކުރާ ތަނުގެ ސިސްޓަމްތަކުގައި މައްސަލަ އުޅޭތޯ ބަލައި، ފާހަގަކުރުމަށްފަހު ރަނގަޅުކުރަންޖެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމާއި އަޕްގްރޭޑް ކުރުން.
  • ސެކްޝަންގައި ބޭނުންކުރެވޭ އެންމެހާ އިކުއިޕްމަންޓްތަކަށް ގެނެވޭ މަރާމާތުތައް ޑޮކިއުމަންޓް ކުރުން.
  • ފްލައިޓް ކެލިބަރޭޝަން ޑޮކިއުމަންޓަށް އަޕްގްރޭޑް ކުރުމާއި މެއިންޓެއިން ކުރުން.
  • އިކްޕްމަންޓްތަކަށް ބޭނުންވާ ސްޕެއަރތައް ހުސްވިއަނުދީ އަބަދުވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  • ބޭނުން ޖެހިއްޖެހިނދެއްގައި ވެހިކަލް ދުއްވުން.
  • ސެކްޝަންގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) އާ އެއްގޮތަށް މަސައްކަތްކުރުން.

މުސާރައާއި އިނާޔަތްތައް: މުސާރައާއި އެލަވަންސް މަހަކު ގާތްގަނޑަކަށް -/10,000 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު

މަޤާމު: ބެޖެޖް ހޭންޑްލަރ

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް   

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރުހުރުން ނުވަތަ އަސާސީ ތަޢުލީމު ފެންވަރުހުރުން.
  • އުމުރުން 25-40 އަހަރާ ދެމެދު.
  • ގިނަވަގުތު ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނޭ މީހެއްކަމުގައިވުން.
  • ބަރު ލަޖެގާއި ކާގޯ އުފުލޭނެވަރުގެ ޞިއްޙަތު ރަނގަޅު މީހަކަށްވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންޓަރނޭޝަނަލް /ޑޮމެސްޓިކް ޓަރމިނަލްގެ އެރައިވަލާއި ޑިޕާޗަރގެ ބެގެޖް އޭރިއާގައި މަސައްކަތް ކުރުން.
  • އޭޕްރަންގައި މަސައްކަތް ކުރުން.

މުސާރައާއި އިނާޔަތްތައް: މުސާރައާއި އެލަވަންސް މަހަކު ގާތްގަނޑަކަށް -/10,000 ރުފިޔާއާއި -/9,000 ރުފިޔާއާ ދެމެދު

މަޤާމު: ކާރގޯ ހޭންޑް

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ކާރގޯ ސަރވިސަސް

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރުހުރުން ނުވަތަ އަސާސީ ތަޢުލީމު ފެންވަރުހުރުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތެއްކަމުގައިވުން
  • އުމުރު: 25 – 40 އަހަރާ ދެމެދު.

މުސާރަ: މަހަކު -/9,000 ރުފިޔާ އާއި -/10,000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އެކްސްޕޯޓްކުރާ ކާރގޯ އަންލޯޑްކޮށް އަދި ޖެޓީއަށް ގެންދަންޖެހޭ ކާރގޯ ގެންދިއުން.
  • އޫ.އެލް.ޑީއަށް ކާރގޯ އެރުވިފައި ހުރީ ސޭފްޓީއާއި ސެކިއުރިޓީއާ އެއްގޮތަށްތޯ ބަލައި ޗެކްކުރުން.
  • އޫ.އެލް.ޑީއަށް ލޯޑްކުރާ ކާރގޯ ކަންއުންޓް ކުރުމާއި އަދި އެއަރލައިންގެ ސްޓޭންޑްސް އާ އެއްގޮތަށް ބަލައި ޗެކްކުރުން.
  • މުދާތައް ގުދަންކުރުމުގައި ބަހައްޓަން ކަނޑައެޅިފައި ހުންނަ ތަންތަނުގައި ސުޕަވައިޒަރު އަންގާގޮތަށް ބެހެއްޓުން. 
  • ކާރގޯ އޮފީސްތެރެއާއި ގުދަންތެރެ އަބަދުވެސް ސާފުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 30 އޮގަސްޓު 2015ގެ 16:00 

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ: ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގ

ހުޅުލެ، ދިވެހިރާއްޖެ.

އިތުރު މަޢުލޫމާތު: ފޯނު – 3325511  

ނޯޓް: މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015
ހޯދާ