ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: މެނޭޖަރ، ރިވޯރޑްސް އެންޑް ޕޮލިސީ
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ހިއުމަން ރިސޯސް ޑިވިޜަން
ޝަރުޠު:
- ބެޗެލަރސް ޑިގްރީ ނުވަތަ މާސްޓަރސް އިން ހިއުމަން ރިސޯސް މެނޭޖަމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
- މެނޭޖީރިއަލް މަޤާމެއްގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މުސާރައިގެ އޮނިގަނޑު ރޭވުމާއި، ބެންޗްމާކިންގ އެކްސަސައިޒްތައް ހިންގާފައިވުން.
- ޕޮލިސީ ފޯމޭޝަންގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން .
މުސާރައާއި އިނާޔަތްތަކަށް: މަހަކު -/22,000 ރުފިޔާއާއި -/20,000 ރުފިޔާއާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ބޭނުންތަކާ އެއްގޮތަށް އޯގަނައިޒޭޝަނާއި، މަސައްކަތުގެ ހުނަރުވެރިކަން، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމު ތަރައްޤީކުރުމާއި އަދި ރިވޯރޑް ސްކީމް، މުސާރައިގެ އޮނިގަނޑާއި، މަޤާމުތަކުގެ ގްރޭޑިންގ ތައްޔާރުކުރުން.
- ޒަމާނާއި ޙާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެޗް.އާރް.ގެ ޕޮލިސީތައް މުރާޖަޢާ ކުރުމާއި، ތަންފީޒްކުރުމުގައި އެޗް. އާރް. ޓީމާއެކު އެމް.އޭ.ސީ.އެލް. ގެ ވިޔަފާރީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ސްޓްރެޓެޖީތައް ރާވައި ހިންގުން.
މަޤާމު: އެސިސްޓެންޓް ކާގޯ އޮފިސަރ
ބޭނުންވާ އަދަދު: 04
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކާރގޯ ސަރވިސަސް
ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ (އިނގިރޭސިއާއި ދިވެހި ހިމަނައިގެން) 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން،
- ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
- އުމުރުންް 20 – 30 ދެމެދުގެ ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތްތަކަށް: މަހަކު -/10,000 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ލޯޑް ޕްލޭނާ އެއްގޮތަށް ކާރގޯ މެއިލް/ މެނިފެސްޓޯ ތައްޔާރުކުރުން.
- އެކްސްޕޯޓް ފްލައިޓްގެ ULD ލޭބަލް ތައްޔާރު ކުރުން
- ކާރގޯ މެއިލް މެނިފެސްޓް ކުރޮސް ޗެކްކުރުން އަދި ލޯރޑް ކޮންޓްރޯލުން މި މަޢުލޫމާތު ކަށަވަރުކުރުން
މަޤާމު: ޓެކްނީޝަން
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ އެރޯޑްރޮމް އެންޑް ގްރައުންޑް ނެވްއެއިޑްސް.
ޝަރުޠު:
- ފަސްޓް ޑިގްރީ ހާސިލުކޮށްފައިވުމާއެކު ނުވަތަ ޑިޕްލޮމާ ފެންވަރު ހުރުމާއި އިލެކްޓްރިކަލް ނުވަތަ އިލެކްޓްރޯނިކްސް ދާއިރާއިން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވުމުގެ B1,C1 ކެޓަގަރީގެ ލައިންސަންސް ލިބިފައިވުން.
- ކޮމްޕިއުޓަރ އެމް.އެސް އޮފީސް ބޭނުންކުރަން އެގުން.
- އުމުރުންް 18 – 30 ދެމެދުގެ ފަރާތެއް ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ރައްކާތެރިކަމާއެކު ކުންފުނީގެ އޮޕަރޭޝަން ހިންގުމަށްޓަކައި ޢަމަލުކުރަންޖެހޭ ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤާނޫނާއި ގަވާއިދުތަކަށް ޢަމަލުކުރުން.
- ބަދަލު ގެންނަންޖެހޭ ޕީ.ފީ.އީ ޗެކްލިސްޓް، ޓާސްކް ޗެކްލިސްޓް، އިނިސްޕެކްޝަން ޗެކްލިސްޓް، މެއިންޓެނަންސް ޑޭޓާ އަދި އެނަލިސިސް ޓެކްނިކަލް ރިޕޯޓުތައް ޗެކްކުރުން. މަސައްކަތްކުރާ ތަނުގެ ސިސްޓަމްތަކުގައި މައްސަލަ އުޅޭތޯ ބަލައި، ފާހަގަކުރުމަށްފަހު ރަނގަޅުކުރަންޖެހޭ ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކުރުމާއި އަޕްގްރޭޑް ކުރުން.
- ސެކްޝަންގައި ބޭނުންކުރެވޭ އެންމެހާ އިކުއިޕްމަންޓްތަކަށް ގެނެވޭ މަރާމާތުތައް ޑޮކިއުމަންޓް ކުރުން.
- ފްލައިޓް ކެލިބަރޭޝަން ޑޮކިއުމަންޓަށް އަޕްގްރޭޑް ކުރުމާއި މެއިންޓެއިން ކުރުން.
- އިކްޕްމަންޓްތަކަށް ބޭނުންވާ ސްޕެއަރތައް ހުސްވިއަނުދީ އަބަދުވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- ބޭނުން ޖެހިއްޖެހިނދެއްގައި ވެހިކަލް ދުއްވުން.
- ސެކްޝަންގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) އާ އެއްގޮތަށް މަސައްކަތްކުރުން.
މުސާރައާއި އިނާޔަތްތައް: މުސާރައާއި އެލަވަންސް މަހަކު ގާތްގަނޑަކަށް -/10,000 ރުފިޔާއާއި -/11,000 ރުފިޔާއާ ދެމެދު
މަޤާމު: ބެޖެޖް ހޭންޑްލަރ
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޭމްޕް ސަރވިސަސް
ޝަރުޠު:
- ގްރޭޑް 7 ގެ ފެންވަރުހުރުން ނުވަތަ އަސާސީ ތަޢުލީމު ފެންވަރުހުރުން.
- އުމުރުން 25-40 އަހަރާ ދެމެދު.
- ގިނަވަގުތު ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނޭ މީހެއްކަމުގައިވުން.
- ބަރު ލަޖެގާއި ކާގޯ އުފުލޭނެވަރުގެ ޞިއްޙަތު ރަނގަޅު މީހަކަށްވުން.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އިންޓަރނޭޝަނަލް /ޑޮމެސްޓިކް ޓަރމިނަލްގެ އެރައިވަލާއި ޑިޕާޗަރގެ ބެގެޖް އޭރިއާގައި މަސައްކަތް ކުރުން.
- އޭޕްރަންގައި މަސައްކަތް ކުރުން.
މުސާރައާއި އިނާޔަތްތައް: މުސާރައާއި އެލަވަންސް މަހަކު ގާތްގަނޑަކަށް -/10,000 ރުފިޔާއާއި -/9,000 ރުފިޔާއާ ދެމެދު
މަޤާމު: ކާރގޯ ހޭންޑް
ބޭނުންވާ އަދަދު: 02
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ކާރގޯ ސަރވިސަސް
ޝަރުޠު:
- ގްރޭޑް 7 ގެ ފެންވަރުހުރުން ނުވަތަ އަސާސީ ތަޢުލީމު ފެންވަރުހުރުން.
- ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތެއްކަމުގައިވުން
- އުމުރު: 25 – 40 އަހަރާ ދެމެދު.
މުސާރަ: މަހަކު -/9,000 ރުފިޔާ އާއި -/10,000 ރުފިޔާ އާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- އެކްސްޕޯޓްކުރާ ކާރގޯ އަންލޯޑްކޮށް އަދި ޖެޓީއަށް ގެންދަންޖެހޭ ކާރގޯ ގެންދިއުން.
- އޫ.އެލް.ޑީއަށް ކާރގޯ އެރުވިފައި ހުރީ ސޭފްޓީއާއި ސެކިއުރިޓީއާ އެއްގޮތަށްތޯ ބަލައި ޗެކްކުރުން.
- އޫ.އެލް.ޑީއަށް ލޯޑްކުރާ ކާރގޯ ކަންއުންޓް ކުރުމާއި އަދި އެއަރލައިންގެ ސްޓޭންޑްސް އާ އެއްގޮތަށް ބަލައި ޗެކްކުރުން.
- މުދާތައް ގުދަންކުރުމުގައި ބަހައްޓަން ކަނޑައެޅިފައި ހުންނަ ތަންތަނުގައި ސުޕަވައިޒަރު އަންގާގޮތަށް ބެހެއްޓުން.
- ކާރގޯ އޮފީސްތެރެއާއި ގުދަންތެރެ އަބަދުވެސް ސާފުކޮށް ބެލެހެއްޓުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 30 އޮގަސްޓު 2015ގެ 16:00
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ: ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގ
ހުޅުލެ، ދިވެހިރާއްޖެ.
އިތުރު މަޢުލޫމާތު: ފޯނު – 3325511
ނޯޓް: މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
09 ޛުލްޤަޢިދާ 1436