މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާއިން ހިންގާ އެނިމަލް ވެލްފެއަރއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ އެންޖީއޯތައް ހޯދުމަށް ފުރުޞަތު ހުޅުވައިލުން

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓުން ކުރިއަށްގެންދާ މަޝްރޫޢުތަކުގައި މި މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރަން ޝައުޤުވެރިވާ އެންޖީއޯތައް/ޖަމްޢިއްޔާތައް ހޯދުމަށް ކުރިން ކުރި ނަންބަރު (IUL)VS/492/2025/16) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ، އަލުން މި ފުރުޞަތު ހުޅުވައިލަމެވެ. މިގޮތުން، މިފުރުސަތު ހުޅުވައިލަނީ ހަމައެކަނި ހިލޭސާބަހަށް މަސައްކަތްކުރާ އެންޖީއޯ/ޖަމްޢިއްޔާތަކަށެވެ.

މިކަމަށް ޝައުޤުވެރިވެ، ކުރިމަތިލާ އެންޖީއޯތަކުން ތިރީގައި ބަޔާންކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

□ އެންޖީއޯ/ޖަމްޢިއްޔާގެ  ރަޖިސްޓަރީ ކޮޕީ. 

□ އެންޖީއޯ/ޖަމްޢިއްޔާގެ ޕްރޮފައިލް. 

□ އެންޖީއޯ/ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދު. 

□ އެންޖީއޯ/ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތު.  

□ ބައިނަލްއަޤުވާމީ ރެކޮގްނިޝަނެއްވާނަމަ، އެކަމުގެ ލިޔުން. 

□ މީގެކުރިން ކޮށްފައިވާ، މިދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގެ ތަފުޞީލު (ތަޖުރިބާ).

□ ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު.

    ވީމާ، މި މިނިސްޓްރީގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ އެންޖީއޯތަކުން، 04 މެއި 2025  ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން މި މިނިސްޓްރީގެ (ވެލާނާގެ 7 ވަނަ ފަންގިފިލާ) ކައުންޓަރަށް ނުވަތަ، އީމެއިލް [email protected] އަށް ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339288 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. 

27 އެޕްރީލް 2025
ހޯދާ