ދިވެހިރާއްޖެ
ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓުން ކުރިއަށްގެންދާ މަޝްރޫޢުތަކުގައި މި މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރަން ޝައުޤުވެރިވާ އެންޖީއޯތައް/ޖަމްޢިއްޔާތައް ހޯދުމަށް ކުރިން ކުރި ނަންބަރު (IUL)VS/492/2025/16) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ، އަލުން މި ފުރުޞަތު ހުޅުވައިލަމެވެ. މިގޮތުން، މިފުރުސަތު ހުޅުވައިލަނީ ހަމައެކަނި ހިލޭސާބަހަށް މަސައްކަތްކުރާ އެންޖީއޯ/ޖަމްޢިއްޔާތަކަށެވެ.
މިކަމަށް ޝައުޤުވެރިވެ، ކުރިމަތިލާ އެންޖީއޯތަކުން ތިރީގައި ބަޔާންކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
□ އެންޖީއޯ/ޖަމްޢިއްޔާގެ ރަޖިސްޓަރީ ކޮޕީ.
□ އެންޖީއޯ/ޖަމްޢިއްޔާގެ ޕްރޮފައިލް.
□ އެންޖީއޯ/ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދު.
□ އެންޖީއޯ/ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތު.
□ ބައިނަލްއަޤުވާމީ ރެކޮގްނިޝަނެއްވާނަމަ، އެކަމުގެ ލިޔުން.
□ މީގެކުރިން ކޮށްފައިވާ، މިދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގެ ތަފުޞީލު (ތަޖުރިބާ).
□ ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު.
ވީމާ، މި މިނިސްޓްރީގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ އެންޖީއޯތަކުން، 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން މި މިނިސްޓްރީގެ (ވެލާނާގެ 7 ވަނަ ފަންގިފިލާ) ކައުންޓަރަށް ނުވަތަ، އީމެއިލް [email protected] އަށް ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339288 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.