އެސިސްޓެންޓް ޑިރެކްޓަރ, އެޗް.އާރް
|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ކްލެސިފިކޭޝަން
|
MS3
|
ރޭންކް
|
-/7035 ރުފިޔާ
|
މުސާރަ
|
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ފިނޭންސް އެލަވަންސް: މުސާރައިގެ %35
|
އެހެނިހެން އިނާޔަތްތައް
|
01
|
ބޭނުންވާ އަދަދު
|
ހިއުމަން ރިސޯސް މެނޭޖްމަންޓް
|
ބޭނުންވާ ސެކްޝަން
|
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
- ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް
|
- މުވައްޒަފުން ވަޒީފާ އަދާކުރާގޮތުގެ ފެންވަރު ބެލުމުގެ ފޯމުން ފާހަގަވި ޓްރެއިނިންގތަކުގެ ލިސްޓު އެކުލަވައިލުން
- މި ބިއުރޯގެ އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތަކާ އެއްގޮތަށް އޮނިގަނޑު އިޞްލާޙުކޮށް ބެލެހެއްޓުން.
- މި ބިއުރޯގެ މެންޑޭޓަށް އަންނަ ބަދަލުތައް އިޞްލާޙުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް އެފަރާތްތަކާ ޙަވާލުކުރުން.
- ހާޒިރީއަށް ފަރުވާކުޑަކުރާ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުމަތިން އަންގަންޖެހޭ އެންގުންތައް ސެކްޝަން ހެޑުގެ ލަފާގެ މަތިން ތައްޔާރުކޮށް މުވައްޒަފަށް ޙަވާލުކުރުން.
- މުވައްޒަފުންނަށް ނަސޭހަތްދޭންޖެހޭ ހާލަތްތަކުގައި އެމުވައްޒަފުންނަށް ނަސޭހަތްދިނުމުގެ އިންތިޒާމު ހަމަޖައްސައި ސެކްޝަން ހެޑުގެ ލަފާގެ މަތިން ލިޔުން ތައްޔާރުކޮށް އެލިޔުން ޙަވާލުކުރުން
- އޮފީހުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ދީރާސާތައް ކުރުމާއި އޮފީހުގެ މަސައްކަތް ރާވައި ހިންގުމަށް ބޭނުންވާ ޓްރެއިނިންގ ނީޑްސް އެސެސްމަންޓް އެޗް.އާރ.އެމް.ޑީ ކޮމިޓީގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން.
- އޮފީހުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް (އިން ހައުސް ޓްރެއިނިންގ ތައް) ފާހަގަކޮށް އެޗް.އާރް.އެމް.ޑީ ކޮމިޓީގެ ލަފާގެމަތިން އެފަދަ ތަމްރީނުތައް ރާވައި ހިންގުމާއި އެއާގުޅޭ ރެކޯޑްސްތައް ބެލެހެއްޓުން
- އޮފީހަށް އަލަށް ގުޅޭ މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް އިންތިޒާމު ކުރުމާއި ހިންގުން. އަދި ސިވިލްސަރވިސް ކޮމިޝަންއިން ހަމަޖައްސާފައިވާގޮތަށް އިންޑަކްޝަންގެ ތިން ފިޔަވަހި ފުރިހަމަކުރޭތޯ ބަލައި މޮނިޓަރކުރުން
- މުވައްޒަފުން ހުށަހަޅާ ގްރީވެންސް ފޯމުތައް އެޗް.އާރ.އެމް.ޑީ ކޮމިޓީއަށް ހުށަހެޅުން.
- އޮފީހުގެ ހިއުމަން ރިސޯސް ޕްލޭން ތައްޔާރުކުރުމާއި ރިވައިޒްކުރުން.
- ސެކްޝަންގެ މަސައްކަތާ ގުޅިގެން ތައްޔާރުކުރަންޖެހޭ އުސޫލުތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި އެ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
- ސިވިލް ސަރވިސް ގަވާއިދުއަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން
|
މަޤާމުގެ މަސްއޫލިއްޔަތު
|
މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.
|
އިތުރު ޢިނާޔަތްތައް
|
މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނުކުރުން، އިޢުލާނުއަށް މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓު ކުރުން
|
26 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
|
ސުންގަޑި
|
- ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
- މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.
|
އިތުރު މަޢުލޫމާތު
|