ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 457-HR/1/2015/1015
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:02
ސުންގަޑި: 26 އޮގަސްޓް 2015 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ، އެޗް.އާރް.

އެސިސްޓެންޓް ޑިރެކްޓަރ, އެޗް.އާރް  

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

MS3

ރޭންކް

-/7035 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން އިނާޔަތްތައް

01

ބޭނުންވާ އަދަދު

ހިއުމަން ރިސޯސް މެނޭޖްމަންޓް

ބޭނުންވާ ސެކްޝަން

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން،
  • ހިއުމަން ރިސޯސް/ މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް

  • މުވައްޒަފުން ވަޒީފާ އަދާކުރާގޮތުގެ ފެންވަރު ބެލުމުގެ ފޯމުން ފާހަގަވި ޓްރެއިނިންގތަކުގެ ލިސްޓު އެކުލަވައިލުން
  • މި ބިއުރޯގެ އިދާރީ އޮނިގަނޑަށް އަންނަ ބަދަލުތަކާ އެއްގޮތަށް އޮނިގަނޑު އިޞްލާޙުކޮށް ބެލެހެއްޓުން.
  • މި ބިއުރޯގެ މެންޑޭޓަށް އަންނަ ބަދަލުތައް އިޞްލާޙުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް އެފަރާތްތަކާ ޙަވާލުކުރުން.
  • ހާޒިރީއަށް ފަރުވާކުޑަކުރާ މުވައްޒަފުންނަށް ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުމަތިން އަންގަންޖެހޭ އެންގުންތައް ސެކްޝަން ހެޑުގެ ލަފާގެ މަތިން ތައްޔާރުކޮށް މުވައްޒަފަށް ޙަވާލުކުރުން.
  • މުވައްޒަފުންނަށް ނަސޭހަތްދޭންޖެހޭ ހާލަތްތަކުގައި އެމުވައްޒަފުންނަށް ނަސޭހަތްދިނުމުގެ އިންތިޒާމު ހަމަޖައްސައި  ސެކްޝަން ހެޑުގެ ލަފާގެ މަތިން ލިޔުން ތައްޔާރުކޮށް އެލިޔުން ޙަވާލުކުރުން
  • އޮފީހުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ދީރާސާތައް ކުރުމާއި އޮފީހުގެ މަސައްކަތް ރާވައި ހިންގުމަށް ބޭނުންވާ ޓްރެއިނިންގ ނީޑްސް އެސެސްމަންޓް އެޗް.އާރ.އެމް.ޑީ ކޮމިޓީގެ އިރުޝާދުގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން.
  • އޮފީހުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް (އިން ހައުސް ޓްރެއިނިންގ ތައް) ފާހަގަކޮށް އެޗް.އާރް.އެމް.ޑީ ކޮމިޓީގެ ލަފާގެމަތިން އެފަދަ ތަމްރީނުތައް ރާވައި ހިންގުމާއި އެއާގުޅޭ ރެކޯޑްސްތައް ބެލެހެއްޓުން
  • އޮފީހަށް އަލަށް ގުޅޭ މުވައްޒަފުންނަށް އިންޑަކްޝަން ޕްރޮގްރާމް އިންތިޒާމު ކުރުމާއި ހިންގުން. އަދި ސިވިލްސަރވިސް ކޮމިޝަންއިން ހަމަޖައްސާފައިވާގޮތަށް އިންޑަކްޝަންގެ ތިން ފިޔަވަހި ފުރިހަމަކުރޭތޯ ބަލައި މޮނިޓަރކުރުން
  • މުވައްޒަފުން ހުށަހަޅާ ގްރީވެންސް ފޯމުތައް އެޗް.އާރ.އެމް.ޑީ ކޮމިޓީއަށް ހުށަހެޅުން.
  • އޮފީހުގެ ހިއުމަން ރިސޯސް ޕްލޭން ތައްޔާރުކުރުމާއި ރިވައިޒްކުރުން.
  • ސެކްޝަންގެ މަސައްކަތާ ގުޅިގެން ތައްޔާރުކުރަންޖެހޭ އުސޫލުތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި އެ އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  • ސިވިލް ސަރވިސް ގަވާއިދުއަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން

މަޤާމުގެ މަސްއޫލިއްޔަތު

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނުކުރުން، އިޢުލާނުއަށް މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް
  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓު ކުރުން

26 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު

17 އޮގަސްޓް 2015