ދިވެހިރާއްޖެ
IUL: E2/IL/2025/10
މޭސަން (1)
މަޤާމުގެ ޝަރުޠު:
- ލިޔަން ކިޔަން އެނގޭ މީހަކަށްވުން
- އިމާރާތްކުރުމުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- އުމުރުން 25 އަހަރާއި 50 އަހަރާއި ދެމެދު މީހެއް ކމުގައިވުން
މަޤާމުގެ ގިންތި:
- ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ގަމުގެ އިމާރާތްތަކުގެ އާބާތުރަފިލުވުން
- ގަމުގައި އިމާރާތްކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- ސުޕަވައިޒަރގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެހެނިހެން މަސައްކަތްތައްކުރުން
މުސާރަ އާއި އިނާޔަތްތައް:
- މުސާރަ: -/6,080 ރުފިޔާ
- ސާވިސް އެލަވަންސް -/3,450 ރުފިޔާ
- އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 17 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ހުށަހަޅާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.(އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެއްދެވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.