ވަޒީފާގެ ފުރުޞަތު
ނަންބަރު: E2/IL/2025/10
ޕަބްލިޝްކުރި ތާރީޚް: 13 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 17 އެޕްރީލް 2025 14:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މޭސަން

 

IUL: E2/IL/2025/10

މޭސަން (1)

މަޤާމުގެ ޝަރުޠު:

  • ލިޔަން ކިޔަން އެނގޭ މީހަކަށްވުން
  • އިމާރާތްކުރުމުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • އުމުރުން 25 އަހަރާއި 50 އަހަރާއި ދެމެދު މީހެއް ކމުގައިވުން

މަޤާމުގެ ގިންތި:

  •  ކޮންޓްރެކްޓް (1 އަހަރު)   

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ގަމުގެ އިމާރާތްތަކުގެ އާބާތުރަފިލުވުން
  • ގަމުގައި އިމާރާތްކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  • ސުޕަވައިޒަރގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެހެނިހެން މަސައްކަތްތައްކުރުން

މުސާރަ އާއި އިނާޔަތްތައް:

  • މުސާރަ: -/6,080 ރުފިޔާ
  • ސާވިސް އެލަވަންސް -/3,450 ރުފިޔާ
  • އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.

 

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 17 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ހުށަހަޅާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ.(އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެއްދެވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)

 

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

13 އެޕްރީލް 2025