މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާގުޅޭ

ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާގުޅޭ

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ މައްޗަށް ލާޒިމްކުރާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ކުރާ މަސްވެރި ދަތުރުތަކުގެ %5 ދަތުރުތަކުގެ މަޢުލޫމާތު އުޅަނދުގައި ޤާއިމުވެހުންނަ ފިޝަރީޒް އޮބްޒަރވަރެއްގެ އެހީގައި ނަގައި ބެލެހެއްޓުމަށް މިމިނިސްޓްރީން ޤާއިމުކުރާ ފިޝަރީޒް އޮބްޒާވަރ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

މަސައްކަތް ހަވާލުކުރެވޭ މުއްދަތު

6 މަސް ދުވަސް

ބޭނުންވާ އަދަދު: 

02 

މަސައްކަތުގެ އުޖޫރަ

މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ކޮންމެ މަހަކު -/8000 ރުފިޔާ ދެވޭނެއެވެ.

އެހެނިހެން އެލަވަންސް އަދި އިނާޔަތްތައް

ކަނޑުމަތީގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި -/200 ރުފިޔާ ދެވޭނެއެވެ. އަދި،

މިމަސައްކަތުގައި ކަނޑުމަތީގައި ހޭދަކުރާ ކޮންމެ 5 ދުވަހަކަށް 2 ދުވަސް "އޮފް" ދުވަހުގެ ގޮތުގައި ލިބޭނެއެވެ.

މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުޠު

  • ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ އަދި ފަތަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް ވާރޑް އަދި އެކްސެލް ބޭނުންކުރަން އެނގުން.
  • ޓީމު މާޙައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަމާއި ހުނަރުހުރި ފަރާތަކަށްވުން.

މަސައްކަތުގެ ތަފުސީލު

  • ލައިސަންސް ނަގައިގެން ވިޔަފާރީގެ ބޭނުމަށް މަސްވެރިކަމުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރުގެ މަސްވެރިކަމުގެ ދަތުރުތަކުގައި ބައިވެރިވެ، މަސްވެރިކަމާގުޅޭ މަޢުލޫމާތު ހޯދައި ރިކޯޑުކުރުން.
  • ސުޕަވައިޒަރުގެ އެހީތެރިކަމާއެކު މަޢުލޫމާތު އެއްކުރުމަށްޓަކައި އަރާނެ އުޅަނދުފަހަރު ކަނޑައަޅައި އެއުޅަނދުފަހަރުގެ ދަތުރުގައި ބައިވެރިވުމުގެ އިންތިޒާމު ވިލަރެސްކުރުން.
  • މަސްވެރިކަމުގައި ދަތުރުތަކުގައި ބައިވެރިވެ، މިނިސްޓްރީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން މަޢުލޫމާތު ނެގުން.
  • މަސްވެރިކަމުގެ ދަތުރުތައް ފުރިހަމަކުރުމަށްފަހު، ދަތުރުތަކުގައި ރިކޯޑުކުރި މަޢުލޫމާތުތައް ޑޭޓާ ބޭސްއަށް އަޅައި ސުޕަވައިޒަރުގެ ލަފާގެ މަތިން ދަތުރުގެ ރިޕޯޓް ތައްޔާރުކުރުން.

މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

 

 

1. މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރު

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ)

3. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެތަނަކުން ދީފައިވާ ލިޔުން

އެހެނިހެން ތަފުސީލު

 

  • މިމަސައްކަތް ކުރާނެ ފަރާތެއް ހޮވުމުގައި މަސްވެރިކަމުގެ ދާއިރާއިން ކިޔަވާފައިވާ އަދި މަސްވެރިކަމުގެ ދާއިރާގެ މަޢުލޫމާތާއި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިކަމަށް ހޮވޭ ފަރާތްތަކުން ޑެސްކު މަސައްކަތްތައް ކުރުމަށްޓަކައި ޤާއިމުވެ ހުންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގެ ނަންބަރު 3339252/ 3339211 އަށް ގުޅުއްވުން އެދެމެވެ.

20 އޮގަސްޓް 2015
ހޯދާ