ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމާގުޅޭ
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ މައްޗަށް ލާޒިމްކުރާ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ކުރާ މަސްވެރި ދަތުރުތަކުގެ %5 ދަތުރުތަކުގެ މަޢުލޫމާތު އުޅަނދުގައި ޤާއިމުވެހުންނަ ފިޝަރީޒް އޮބްޒަރވަރެއްގެ އެހީގައި ނަގައި ބެލެހެއްޓުމަށް މިމިނިސްޓްރީން ޤާއިމުކުރާ ފިޝަރީޒް އޮބްޒާވަރ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.
މަސައްކަތް ހަވާލުކުރެވޭ މުއްދަތު |
6 މަސް ދުވަސް |
||
ބޭނުންވާ އަދަދު: |
02 | ||
މަސައްކަތުގެ އުޖޫރަ |
މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ކޮންމެ މަހަކު -/8000 ރުފިޔާ ދެވޭނެއެވެ. |
||
އެހެނިހެން އެލަވަންސް އަދި އިނާޔަތްތައް |
ކަނޑުމަތީގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެ ގޮތުގައި -/200 ރުފިޔާ ދެވޭނެއެވެ. އަދި، މިމަސައްކަތުގައި ކަނޑުމަތީގައި ހޭދަކުރާ ކޮންމެ 5 ދުވަހަކަށް 2 ދުވަސް "އޮފް" ދުވަހުގެ ގޮތުގައި ލިބޭނެއެވެ. |
||
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުޠު |
|
||
މަސައްކަތުގެ ތަފުސީލު |
|
||
މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
|
1. މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތުގެ ވަނަވަރު 2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ) 3. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެތަނަކުން ދީފައިވާ ލިޔުން |
||
އެހެނިހެން ތަފުސީލު
|
|
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 15:00ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިމިނިސްޓްރީގެ ނަންބަރު 3339252/ 3339211 އަށް ގުޅުއްވުން އެދެމެވެ.