ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މޯލްޑިވްސް ޕޮލިޓެކްނިކަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް، މާލެ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ފިނޭންސް އެންޑް ފެސިލިޓީސް, މޯލްޑިވްސް ޕޮލިޓެކްނިކް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ޕޮލިޓެކްނިކުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ބަޖެޓް ތައްޔާރުކުރުމަށް ކަނޑައެޅޭ ސުންގަޑީގެ ކުރިން ތައްޔާރުކޮށް، ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
2- ޕޮލިޓެކްނިކަށް އެންމެ ބޭނުންވާ ހަރަކާތްތަކަށް އިސްކަންދީގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ބަޖެޓް މެނޭޖްކުރުން.
3- ޚިދުމަތް ހޯދާ ބިލްތަކަށް ލަސްނުކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުން.
4- ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މުވައްޒަފުންގެ މުސާރަ ދިނުމުގައި، ފައިނޭންސް ސެކްޝަނާ ގުޅުންހުރި އެންމެހައި ހަރަކާތްތައް ފުރިހަމަކުރުން.
5- ފައިސާ ދެއްކުނު ބިލުތަކާއި، ފައިސާ ނުދެއްކި ހުރި ބިލްތައް ތަފްސީލް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެ މަޢުލޫމާތު ހިއްސާކުރަންޖެހޭ އޮފީހުގެ ވެރިންނާ ހިއްސާކުރުން.
6- ޕޮލިޓެކްނިކުން ދެވޭ ޚިދުމަތްތަކަށް ބުރޫއަރާފަދަ ބިލްތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަލުވިކޮށް ކުރިއަށްގެންދިޔުން.
7- ބަޖެޓުގެ ކޯޑްތަކުން ކުރުވާ ޚަރަދުގެ ތަފްސީލާއި، ކޯޑްތަކުގައި ހުރި ބާކީ، ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބލެހެއްޓުމާއި، ބަޖެޓް ކޮންޓްރޯލް ހަދަންޖެހޭ އާލާތްތަކުގައި އޮފީހުން އިސްކަންދޭ ތަރުތީބުން އެކަން ކުރުން.
8- ބަޖެޓާ ގުޅުންހުރި އަހަރީ ހިސާބިތައް އެކުލަވާލައި، ފޮނުވަންޖެހޭ އިދާރާތަކަށް، ކަނޑައެޅޭ ސުންގަޑީގެ ތެރޭގައި ފޮނުވުން.
9- ބަޖެޓް ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތިން ބަޖެޓްގެ އެންމެހައި ހަރަކާތްތައް ފުރިހަމަކުރުން.
10- އޮފީސް ޑިއުޓީ އަދާކުރުމާއި، އޮފީސް ހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން، ޒިންމާދާރުގޮތެއްގައި ބަލައި ޗެކްކުރުން)
11- އަދާކުރާ ވަޒީފާއާ ގުޅޭގޮތުން އިސްވެރިޔާ ހަވާލުކުރާ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠު:
ތަޢުލީމީ ފެންވަރު:
1. އެޑްމިނިސްޓްރޭޝަން/ ބިޒްނަސް/އެކައުންޓިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
ބ- މީގެ އިތުރުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 27 އޮގަސްޓު 2015 އިން 3 ސެޕްޓެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ނ- މި މަޤާމުގެ އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހެޅިފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި، ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލުކޮޕީ ގެންނަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ www.polytechnic.edu.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ނ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކުގެ (ގ. ރެހެންދި ހިނގުން 1 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 26 ވަނަ ދުވަހުގެ 15:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
2 ޛުލްޤަޢިދާ 1436