ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން "ކްލައިމެޓް ޗެމްޕިއަންސް" ގެ ގޮތުގައި މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ޝަރުތުތައް:
- ކުޅުދުއްފުށި ސިޓީގެ ދާއިމީ ރައްވެއްސަކަށްވުން.
- އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތެއްކަމުގައިވުން.
- ތިމާވެށި ރައްކާތެރިކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތަކަށްވުން.
- މުޖްތަމަޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ހުރުން.
އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް:
- ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ޙަރަކާތްތަކުގައި އިސްނަގައިގެން ބައިވެރިވުން.
- މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
- ތިމާވެއްޓާއި ރައްޓެހި އާދަތައް އާންމު ކުރުމަށްމަސައްކަތްކުރުން.
- ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ ތިމާވެށީގެ މަޝްރޫޢުތަކުގައި އިސްނަގައިގެން ބައިވެރިވުން.
- މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނާއި އެކު މަސައްކަތްކޮށް، އެމީހުންގެ ބައިވެރިވުން އިތުރުކުރުން.
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއަށް ތިރީގައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމް ލިންކް: https://forms.office.com/r/j01suDDCMb
ކްލައިމެންޓް ޗެމްޕިއަންސް ގެ މަސައްކަތުގެ މަޢުލޫމާތު ނުވަތަ ސްކޯޕް އޮފް ވޯކް މި އިއުލާންއާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން 6527196 އާއި ގުޅުއްވައިގެން ކުރިއަށްގެންދެވުން އެދެމެވެ.