ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-SECE/266/2025/66
ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 20 އެޕްރީލް 2025 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކްލައިމެޓް ޗެމްޕިއަންސް ގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފާރަތްތަކަށް ފުރުސަތު ހުޅުވާލުން

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން "ކްލައިމެޓް ޗެމްޕިއަންސް" ގެ ގޮތުގައި މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 

ޝަރުތުތައް:

  • ކުޅުދުއްފުށި ސިޓީގެ ދާއިމީ ރައްވެއްސަކަށްވުން.
  • އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތެއްކަމުގައިވުން.
  • ތިމާވެށި ރައްކާތެރިކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތަކަށްވުން.
  • މުޖްތަމަޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ހުރުން.

 

އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް:

  • ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ޙަރަކާތްތަކުގައި އިސްނަގައިގެން ބައިވެރިވުން.
  • މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  • ތިމާވެއްޓާއި ރައްޓެހި އާދަތައް އާންމު ކުރުމަށްމަސައްކަތްކުރުން.
  • ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ ތިމާވެށީގެ މަޝްރޫޢުތަކުގައި އިސްނަގައިގެން ބައިވެރިވުން.
  • މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނާއި އެކު މަސައްކަތްކޮށް، އެމީހުންގެ ބައިވެރިވުން އިތުރުކުރުން.

 

އެޕްލިކޭޝަން ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއަށް ތިރީގައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

އެޕްލިކޭޝަން ފޯމް ލިންކް: https://forms.office.com/r/j01suDDCMb

ކްލައިމެންޓް ޗެމްޕިއަންސް ގެ މަސައްކަތުގެ މަޢުލޫމާތު ނުވަތަ ސްކޯޕް އޮފް ވޯކް މި އިއުލާންއާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން 6527196 އާއި ގުޅުއްވައިގެން ކުރިއަށްގެންދެވުން އެދެމެވެ.

07 އެޕްރީލް 2025