އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
ދިވެހިރާއްޖެ
އެގްޒެކެޓިވް އެސޯސިއޭޓް، މެމްބަރޝިޕް އެންޑް ލައިސެންސިންގ

މަޤާމް :އެގްޒެކެޓިވް އެސޯސިއޭޓް، މެމްބަރޝިޕް އެންޑް ލައިސެންސިންގ
ބޭނުންވާ އަދަދު :1

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެގްޒެކެޓިވް އެސޯސިއޭޓް، މެމްބަރޝިޕް އެންޑް ލައިސެންސިންގ

ސެކްޝަން:

މެމްބަރޝިޕް އެންޑް ލައިސެންސިންގ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ

މުސާރަ:

12،500.00 ރުފިޔާ އާއި 15،000.00 ރުފިޔާއާ ދެމެދު (އަސާސީ މުސާރަ، ޙާޒިރީ އެލަވަންސް އަދި ސަރވިސް އެލަވަންސް ހިމެނޭނެހެން)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އިންސްޓިޓިއުޓުގެ މެމްބަރޝިޕް އެޕްލިކޭޝަންތައް އަދި އައުކުރަން ހުށަހަޅާ އެޕްލިކޭޝަންތައް  ޕްރޮސެސްކުރުން.
  • އޮޑިޓް ލައިސެންސިންގ އެޕްލިކޭޝަންތައް އަދި ލައިސަންސް އައުކުރަން ހުށަހަޅާ އެޕްލިކޭޝަންތައް  ޕްރޮސެސްކުރުން.
  • އިންސްޓިޓިއުޓުގެ މެމްބަރުންނާއި އޮޑިޓަރުންނާ ގުޅޭ ކަންކަމުގައި އެޑްމިޝަން އެންޑް ލައިސެންސިންގ ކޮމިޓީއަށް އެހީތެރިވުން.
  • އިންސްޓިޓިއުޓްގެ މެމްބަރޝިޕް އަދި ލައިސެންސިންގ މަސައްކަތްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ތާވަލު އިންތިޒާމުކޮށް ބެލެހެއްޓުން.
  • ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ އެޖެންޑާ، ބައްދަލުވުމުގެ ނޯޓިސް، ޕްރެޒެންޓޭޝަން، ބްރީފިންގ ނޯޓް، ޔައުމިއްޔާ، ދިރާސާ ކަރުދާސް އަދި އެހެނިހެން ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން.
  • އިންސްޓިޓިއުޓުގެ ކައުންސިލްގެ އެންޑޯޒްމަންޓް ހޯދުމަށް ބޭނުންވާ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކޮމިޓީތަކުގެ ޗެއާމަނުންނާއެކު މަސައްކަތްކުރުން.
  • ކޮމިޓީތަކުގެ ވޯކްޕްލޭން ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކުރުމަށް ކޮމިޓީތަކުގެ ޗެއާމަނުންނާއި މެނޭޖްމަންޓާއެކު ގާތުން މަސައްކަތްކުރުން.
  • އިވެންޓްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، އިންސްޓިޓިއުޓުން ހިންގާ އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.
  • އިންސްޓިޓިއުޓަށް ލިބޭ އަދި އިންސްޓިޓިއުޓުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ބެލެހެއްޓުން.
  • އިންސްޓިޓިއުޓގެ މުހިންމު ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިންސްޓިޓިއުޓްގެ މެނޭޖްމަންޓަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އިންސްޓިޓިއުޓްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.

މަޤާމުގެ ޝަރުތުތައް:

  • މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާޞިލްކޮށްފައިވުން، ނުވަތަ
  • މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:

  • އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
  • އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
  • ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ).
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިކުރެވިފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން).
  • މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ 20 އެޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

06 އެޕްރީލް 2025
ހޯދާ