މަޤާމު:
|
އެގްޒެކެޓިވް އެސޯސިއޭޓް، މެމްބަރޝިޕް އެންޑް ލައިސެންސިންގ
|
ސެކްޝަން:
|
މެމްބަރޝިޕް އެންޑް ލައިސެންސިންގ
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
|
މުސާރަ:
|
12،500.00 ރުފިޔާ އާއި 15،000.00 ރުފިޔާއާ ދެމެދު (އަސާސީ މުސާރަ، ޙާޒިރީ އެލަވަންސް އަދި ސަރވިސް އެލަވަންސް ހިމެނޭނެހެން)
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިންސްޓިޓިއުޓުގެ މެމްބަރޝިޕް އެޕްލިކޭޝަންތައް އަދި އައުކުރަން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުން.
- އޮޑިޓް ލައިސެންސިންގ އެޕްލިކޭޝަންތައް އަދި ލައިސަންސް އައުކުރަން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރުން.
- އިންސްޓިޓިއުޓުގެ މެމްބަރުންނާއި އޮޑިޓަރުންނާ ގުޅޭ ކަންކަމުގައި އެޑްމިޝަން އެންޑް ލައިސެންސިންގ ކޮމިޓީއަށް އެހީތެރިވުން.
- އިންސްޓިޓިއުޓްގެ މެމްބަރޝިޕް އަދި ލައިސެންސިންގ މަސައްކަތްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ތާވަލު އިންތިޒާމުކޮށް ބެލެހެއްޓުން.
- ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ އެޖެންޑާ، ބައްދަލުވުމުގެ ނޯޓިސް، ޕްރެޒެންޓޭޝަން، ބްރީފިންގ ނޯޓް، ޔައުމިއްޔާ، ދިރާސާ ކަރުދާސް އަދި އެހެނިހެން ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން.
- އިންސްޓިޓިއުޓުގެ ކައުންސިލްގެ އެންޑޯޒްމަންޓް ހޯދުމަށް ބޭނުންވާ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމަށް ކޮމިޓީތަކުގެ ޗެއާމަނުންނާއެކު މަސައްކަތްކުރުން.
- ކޮމިޓީތަކުގެ ވޯކްޕްލޭން ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކުރުމަށް ކޮމިޓީތަކުގެ ޗެއާމަނުންނާއި މެނޭޖްމަންޓާއެކު ގާތުން މަސައްކަތްކުރުން.
- އިވެންޓްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، އިންސްޓިޓިއުޓުން ހިންގާ އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.
- އިންސްޓިޓިއުޓަށް ލިބޭ އަދި އިންސްޓިޓިއުޓުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ބެލެހެއްޓުން.
- އިންސްޓިޓިއުޓގެ މުހިންމު ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިންސްޓިޓިއުޓްގެ މެނޭޖްމަންޓަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންސްޓިޓިއުޓްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާޞިލްކޮށްފައިވުން، ނުވަތަ
- މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
|
- އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
- ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިކުރެވިފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން).
- މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓު.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ 20 އެޕްރީލް 2025 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|