މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރސް ޓްރޭނިންގ

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

ތިރީގައި މިވަނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން 2015 ވަނަ އަހަރު އޮގަސްޓުމަހުގައި ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރސް ޓްރޭނިންގ ކޯހާ ބެހޭ މަޢުލޫމާތެވެ. މި ކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައި ވަނީ 20 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ. ކޯހަށް އެދޭ ފޯމު މި އިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3326986 މި ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޯހުގެ ނަން: ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރސް ޓްރޭނިންގ

މުއްދަތު: 3 ހަފުތާ

ޖާގަ: 25

ކޯހުގެ ފީ: ހިލޭ

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް/ ކ.މާލެ 

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު: އުމުރުން 16 އަހަރު ފުރިފައިވުމާއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 7) ފުރިހަމަކޮށްފައިވުން.

 

 
10 އޮގަސްޓް 2015
ހޯދާ