ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ
ތިރީގައި މިވަނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން 2015 ވަނަ އަހަރު އޮގަސްޓުމަހުގައި ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރސް ޓްރޭނިންގ ކޯހާ ބެހޭ މަޢުލޫމާތެވެ. މި ކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައި ވަނީ 20 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ. ކޯހަށް އެދޭ ފޯމު މި އިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3326986 މި ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޯހުގެ ނަން: ސެޓްފިކެޓް 1 އިން ފިޓްނަސް އިންސްޓްރަކްޓަރސް ޓްރޭނިންގ |
||
މުއްދަތު: 3 ހަފުތާ |
ޖާގަ: 25 |
ކޯހުގެ ފީ: ހިލޭ |
ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް/ ކ.މާލެ |
||
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު: އުމުރުން 16 އަހަރު ފުރިފައިވުމާއެކު ބޭސިކް އެޑިއުކޭޝަން (ގްރޭޑް 7) ފުރިހަމަކޮށްފައިވުން. |