މަޤާމް:
|
އެސިސްޓންޓް އެއާރވާދިނަސް އިންޖިނިއަރ
|
ބޭނުންވާ އަދަދު:
|
01
|
ސެކްޝަން:
|
އެއާވާދިނަސް
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ
|
މުސާރައާއި އެލަވަންސް
|
އިންޑަސްޓްރީއާ އަޅާކިޔޭވަރުގެ މުސާރައާއި އެލަވަންސް ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުޠު:
|
MCAR-147 ނުވަތަ EASA Part 147 ޑިޕްލޮމާ އިން އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން ހާސިލުކޮށްފައިވުން އަދި އޯލެވަލް އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މަތިންދާބޯޓުފަހަރު ރަޖިސްޓަރީކުރުން، ޑީރެޖިސްޓްރީކުރުން، 'ޓައިޕް ސެޓްފިކެޓް'/ ސަޕްލިމެންޓަރީ ޓައިޕް ސެޓްފިކެޓް' އެކްސެޕްޓް ކުރުން
- މަތިންދާ ބޯޓުފަހަރުގެ އެއާވާދިނަސް އިންސްޕެކްޝަންތައް ހެދުމާއި އެއާވާދިނަސް ރެކޯޑްތަކާއި ޕްރޮސީޖާތައް ހުރީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މި ކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ ހުއްދަތައް/ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން
- ކޮންޓިނިއުއިންގ އެއާރވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަންތަކާއި، އެއާކްރާފްޓް މެއިންޓަނަންސް އޯގަނައިޒޭޝަންތައް އަދި އެއާކްރާފްޓް މެއިންޓަނަންސް ޓްރެއިނިން އޯގަނައިޒޭޝަންތައް އިންސްޕެކްޓްކޮށް އެތަންތައް ހިނގަނީ ސިވިލްއޭވިއޭޝަންގެ ގަވާއިދާތަކާ އެއްގޮތަށްތޯ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މިކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ ހުއްދަތައް/ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން
- "އެއާކްރާފްޓް މެއިންޓެނަންސް ލައިސަންސް" އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާ ކުރުމާއި އެސް.އޯ.ޕީއާ އެއްގޮތަށް ލައިސަންސް ދޫކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި ލައިސަންސް ދޫކުރުން
- ދިވެހިރާއްޖޭއާ ބޭރުގެފަރާތްތަކާ ގުޅިގެން އެއާރވާއދިނަސްގެ ރޮނގުން ހިންގާ މަޝްރޫތަކާ ޕްރޮގްރާމުތައް ވިލަރެސްކުރުމުގައި އެހީތެރިވެދިނުން
- އެއާރވާދިނަސްއިން ބާއްވާ މޮޑިއުލް އިމްތިޙާނުތައް އެސް.އޯ.ޕީގައި ވާ ގޮތުގެ މަތީން ކުރިއަށްގެންދިއުން
- އެއާރކްރާފްޓް މެއިންޓެނަންސް ލައިސެންސް ދޫކުރުމާބެހޭ ހުރިހާ ޑޭޓާ ބޭސްއެއް އަޕްޑޭޓް ކުރުމާއި ފައިލުތަކާއި ރިކޯޑްތައް ބެލެހެއްޓުން
- އެއާރވާރދިނަސް ސެކްޝަންގެ ޔައުމިއްޔާ ލިޔުމާއި އިދާރީ މަސައްކަތްތައް
- އެއާރވާދިނަސް ޓެކްނިކަލް ލައިބްރަރީ އެސް އޯ ޕީގައި ވާ ގޮތުގެ މަތީން ބެލެހެއްޓުން
- އެއާރވާދިނަސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހައި ރިކޯޑްތަކާއި ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން
|
ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- އެއަރކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގ ލައިސަންސް އޮތް ފަރާތަކަށްވުން.
- އެއަރކްރާފްޓް މެއިންޓަނަންސްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން
|
01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 1600 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް
|
ހުށަހަޅަންޖެހޭ ލިޔުން
|
- ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
|
އިންޓަރވިއު ކުރުން:
|
އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|