ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A1/2015/9
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 01 ސެޕްޓެންބަރު 2015 16:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެއާރވާދިނަސް އިންޖިނިއަރ

މަޤާމް:

އެސިސްޓންޓް އެއާރވާދިނަސް އިންޖިނިއަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއާވާދިނަސް

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ

މުސާރައާއި އެލަވަންސް

އިންޑަސްޓްރީއާ އަޅާކިޔޭވަރުގެ މުސާރައާއި އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުޠު:

MCAR-147 ނުވަތަ EASA Part 147 ޑިޕްލޮމާ އިން އެއާކްރާފްޓް މެއިންޓެނަންސް އިންޖިނިއަރިން ހާސިލުކޮށްފައިވުން އަދި އޯލެވަލް އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • މަތިންދާބޯޓުފަހަރު ރަޖިސްޓަރީކުރުން، ޑީރެޖިސްޓްރީކުރުން، 'ޓައިޕް ސެޓްފިކެޓް'/ ސަޕްލިމެންޓަރީ ޓައިޕް ސެޓްފިކެޓް' އެކްސެޕްޓް ކުރުން
  • މަތިންދާ ބޯޓުފަހަރުގެ އެއާވާދިނަސް އިންސްޕެކްޝަންތައް ހެދުމާއި އެއާވާދިނަސް ރެކޯޑްތަކާއި ޕްރޮސީޖާތައް ހުރީ ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މި ކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ ހުއްދަތައް/ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  • ކޮންޓިނިއުއިންގ އެއާރވާދިނަސް މެނޭޖްމަންޓް އޯގަނައިޒޭޝަންތަކާއި، އެއާކްރާފްޓް މެއިންޓަނަންސް އޯގަނައިޒޭޝަންތައް އަދި އެއާކްރާފްޓް މެއިންޓަނަންސް ޓްރެއިނިން އޯގަނައިޒޭޝަންތައް އިންސްޕެކްޓްކޮށް އެތަންތައް ހިނގަނީ ސިވިލްއޭވިއޭޝަންގެ ގަވާއިދާތަކާ އެއްގޮތަށްތޯ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުން. އަދި މިކަންތައްތަކަށް ބޭނުންވާ ސެޓްފިކެޓްތައް/ ހުއްދަތައް/ ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  • "އެއާކްރާފްޓް މެއިންޓެނަންސް ލައިސަންސް" އެދި ހުށަހަޅާ އެޕްލިކޭޝަންތައް މުރާޖަޢާ ކުރުމާއި އެސް.އޯ.ޕީއާ އެއްގޮތަށް ލައިސަންސް ދޫކުރުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމާއި ލައިސަންސް ދޫކުރުން
  • ދިވެހިރާއްޖޭއާ ބޭރުގެފަރާތްތަކާ ގުޅިގެން އެއާރވާއދިނަސްގެ ރޮނގުން ހިންގާ މަޝްރޫތަކާ ޕްރޮގްރާމުތައް ވިލަރެސްކުރުމުގައި އެހީތެރިވެދިނުން
  • އެއާރވާދިނަސްއިން ބާއްވާ މޮޑިއުލް އިމްތިޙާނުތައް އެސް.އޯ.ޕީގައި ވާ ގޮތުގެ މަތީން ކުރިއަށްގެންދިއުން
  • އެއާރކްރާފްޓް މެއިންޓެނަންސް ލައިސެންސް ދޫކުރުމާބެހޭ ހުރިހާ ޑޭޓާ ބޭސްއެއް އަޕްޑޭޓް ކުރުމާއި ފައިލުތަކާއި ރިކޯޑްތައް ބެލެހެއްޓުން
  • އެއާރވާރދިނަސް ސެކްޝަންގެ ޔައުމިއްޔާ ލިޔުމާއި އިދާރީ މަސައްކަތްތައް
  • އެއާރވާދިނަސް ޓެކްނިކަލް ލައިބްރަރީ އެސް އޯ ޕީގައި ވާ ގޮތުގެ މަތީން ބެލެހެއްޓުން
  • އެއާރވާދިނަސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހައި ރިކޯޑްތަކާއި ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އެއަރކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިންގ ލައިސަންސް އޮތް ފަރާތަކަށްވުން.
  • އެއަރކްރާފްޓް މެއިންޓަނަންސްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 1600 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

  • ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އަދި އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

13 އޮގަސްޓް 2015