މާއެނބޫދޫ މަދަރުސާ
ދިވެހިރާއްޖެ
އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

6 ކްލާސްރޫމު (2 ބުރި އިމާރާތް) އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް

މާއެނބޫދޫ މަދަރުސާގެ 6 ކްލާސްރޫމް (2ބުރި އިމާރާތް) އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މަދަރުސާގެ ނަންބަރު Gs-175/2015/21ފ(02 ޖުލައި 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރާ ވާހަކަ ދަންނަވަމެވެ.

ވީމާ، މާއެނބޫދޫ މަދަރުސާގެ 6 ކްލާސްރޫމް (2 ބުރި އިމާރާތް) އަމިއްލަ ތަކެތީގައި އިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދ. މާއެނބޫދޫ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

ޕްރީބިޑް މީޓީންގ

26 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 13:00

ޕްރީބިޑް މީޓިންގގެ ސުވާލުތަކަށް ޖަވާބު ދިނުމަށް

06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00

ބިޑް ސަބްމިޝަން

15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952919 ނަންބަރު ފޯނާއެވެ.

11 އޮގަސްޓް 2015
ހޯދާ