ދިވެހިރާއްޖެ
6 ކްލާސްރޫމު (2 ބުރި އިމާރާތް) އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް
މާއެނބޫދޫ މަދަރުސާގެ 6 ކްލާސްރޫމް (2ބުރި އިމާރާތް) އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި މަދަރުސާގެ ނަންބަރު Gs-175/2015/21ފ(02 ޖުލައި 2015) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރާ ވާހަކަ ދަންނަވަމެވެ.
ވީމާ، މާއެނބޫދޫ މަދަރުސާގެ 6 ކްލާސްރޫމް (2 ބުރި އިމާރާތް) އަމިއްލަ ތަކެތީގައި އިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދ. މާއެނބޫދޫ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 |
ޕްރީބިޑް މީޓީންގ |
26 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 13:00 |
ޕްރީބިޑް މީޓިންގގެ ސުވާލުތަކަށް ޖަވާބު ދިނުމަށް |
06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 |
ބިޑް ސަބްމިޝަން |
15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952919 ނަންބަރު ފޯނާއެވެ.