މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ފ.މަގޫދޫ ސްކޫލުގައި 6 ކްލާސްރޫމް (2 ބުރި ޢިމާރާތް) ގެ ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: GS71-D/2015/06ފ(06 ޖުލައި 2015) ގެ އިޢުލާނާގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެއްފަރާތަކުން ކަމުގައިވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި ސްކޫލުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފ.މަގޫދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

20 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

ޕްރީބިޑް މީޓިންގ

23 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް

ޕްރީބިޑް މީޓިންގގެ ސުވާލުތަކަށް ޖަވާބު ދިނުން

27 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

ބިޑް ސަބްމިސަން

07 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފ.މަގޫދޫ ސްކޫލުގެ 7952912 ނަންބަރު ފޯނަށެވެ.

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ