ދިވެހިރާއްޖެ
ފ.މަގޫދޫ ސްކޫލުގައި 6 ކްލާސްރޫމް (2 ބުރި ޢިމާރާތް) ގެ ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ނަންބަރު: GS71-D/2015/06ފ(06 ޖުލައި 2015) ގެ އިޢުލާނާގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެއްފަރާތަކުން ކަމުގައިވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މި ސްކޫލުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފ.މަގޫދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
20 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
ޕްރީބިޑް މީޓިންގ |
23 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް |
ޕްރީބިޑް މީޓިންގގެ ސުވާލުތަކަށް ޖަވާބު ދިނުން |
27 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
ބިޑް ސަބްމިސަން |
07 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފ.މަގޫދޫ ސްކޫލުގެ 7952912 ނަންބަރު ފޯނަށެވެ.
28 ޝައްވާލް 1436