ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ
|
މަޤާމު
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ކްލެސިފިކޭޝަން
|
MS2
|
ރޭންކް
|
-/6295 ރުފިޔާ
|
މުސާރަ
|
ސަރވިސް އެލަވަންސް: -/2000 ރ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35
|
އެހެނިހެން އިނާޔަތްތައް
|
02
|
ބޭނުންވާ އަދަދު
|
ސްޓެޓިސްޓިކަލް ސަރވޭސް އެންޑް އެނަލިސިސް
|
ބޭނުންވާ ސެކްޝަން
|
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތުތައް
|
ސްޓެޓިސްޓިކަލް ސަރވޭ އެންޑް ޑޭޓާ ޕްރޮސެސިންގ
- ސްޓެޓިސްޓިކަލް ސަރވޭ އެންޑް ޑޭޓާ ޕްރޮސެސިންގ ސެކްޝަން ހިންގެވުމާ ހަވަލުވެ ހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު ސެކްޝަނުގެ މަސައްކަތްތަކާއި ޑިވިޝަނުން ރާވައި ހިންގޭ ސަރވޭތައް ކުރިއަށް ގެންދިއުމާއި އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. މިގޮތުން:
- ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކޮށް ޕްރީޓެެސްޓްކުރުމާއި ފައިނަލްކުރުން.
- ސަރވޭތަކުގެ ސާމްޕްލިންގްގެ މަސައްކަތް ކުރުން.
- ސަރވޭތަކުގެ ބަޖެޓްް އެކުލަވައިލައި ޚަރަދުތައް މޮނިޓަރކުރުމާއި، އެނިއުމަރޭޓަރުން ހޯދުމާއި، ލޮޖިސްޓިކްސް އަދި މުޅި އޮޕަރޭޝަން ރާވައި މެނޭޖްްްކުރުމުގައި އިސް ދައުރެއް އަދާކުރުން.
- ސަރވޭތަކުގެ ޕަބްލިސިޓީ މެޓީީރިއަލް ތައްޔާރުކުރުމާއި ޕަބްލިސިޓީ ހަރަކާތްތައް ރާވައި ހިންގުން.
- ސަރވޭތަކުގެ ޓްރެއިނިންގ މެނުއަލް، ޕްރެސެންޓޭޝަން ފަދަ ޓްރޭނިންގ މެެޓީރިއަލް ތައްޔާރުކުރުުން އަދި ތަމްރީން ދިނުން.
- ސަރވޭތަކުގެ ކޯޑިންގ މެނުއަލްތައް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
- ސަރވޭތަކުގެ ޑޭޓާކަލެކްޝަން އާއި ސުޕަރވިޝަންގެ މަސައްކަތްކުރުންއަދި މިމަސައްކަތް މޮނިޓަރކޮށް މނޭޖްްކުރުންް.
- ސަރވޭތަކުގެ މަޢުލޫމާތު ކޯޑް ކުރުން އަދި މިމަސައްކަތް މޮނިޓަރކޮށް ސުޕަވައިޒްކުރުންް.
- ސަރވޭތަކުގެ ޑޭޓާ އެޑިޓިންގގެ މަސައްކަތް ކުރުން.
- ސަރވޭތަކުގެ ޓެކނިކަަލް އަދި އެނަލިޓިކްލް ރިޕޯޓުތައް އެކުލަވައިލުމުގައި ބައިވެރިވެ މިމަސައްކަތް ވިލަރެސްްްކުރުން.
- ސަރވޭގެ ނަތީިޖާތައް ޢާންމުކުރުމުގައި ބައިވެރިވެ މިމަސައްކަތް ވިލަރެސްކުރުން.
- އިނަޓރނޭޝަނަލް ކްލެސިފިކޭޝަންތައް ރާއްޖެއާއި ގުޅޭގޮތަށް ބައްޓަންކޮން ކަނޑައެޅޭ ނެޝަނަލް ކޯޑިންގ ސިސްޓަމްތައް އެކުލަވާލުމުގެ މަސައްކަތް ވިލަރެސްކުރުންް.
- ތަފާސްހިސާބު ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ސަރވޭތައް ޕްރޮސެސްކޮށް މިސަރވޭތަކުގެ ރަޖިސްޓަރީއެއް ޤާއިމުކޮށް ބެލެހެއްޓުން.
- ތަފާސްހިސާބު ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ކުރާ ސަރވޭތަކުގެ ރިޕޯޓުތައް ދިރާސާކޮށް ކޮމެންޓްކުރުން، އަދި ޑޭޓާ ޔޫސަރުންނަށް ފަސޭހައިން އެކްސަސްވެވޭގޮތަށް ޢާންމުކުރުން
- ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
- ސަރވޭގެ ޑޭޓާ ކަލެކްޝަން އަދި ޕްރޮސެސިންގ އާއި ޑިސެމިނޭޝަން ޒަމާނާ އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުމަށް ސެކްޝަން ހެޑްއާ ގުޅިގެން މަސައްކަތްްކުރުން.
- ސަރވޭއާއި ސާމްޕްލިންގ ގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، މިދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުން.
- ޔުނިޓްގެ މަސައްކަތް ޑޮކިއުމަންޓް ކުރުމާއި، ތަރައްޤީކުރުމަށް މަސައްކަތްކުރުން.
- ޔުނިޓުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
- ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.
|
އިތުރު ޢިނާޔަތްތައް
|
މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިޢުލާންއަށް މުއްފަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަރވިއުކުރުމާއި، އަދި އިމްތިހާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
|
ސުންގަޑި:
|
- ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
- މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.
|
އިތުރު މަޢުލާމާތު:
|