ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457- HR /1/2015/1014
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި: 16 އޮގަސްޓް 2015 14:30
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ   

މަޤާމު

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ކްލެސިފިކޭޝަން

MS2

ރޭންކް

-/6295 ރުފިޔާ

މުސާރަ

ސަރވިސް އެލަވަންސް: -/2000 ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

އެހެނިހެން އިނާޔަތްތައް

02

ބޭނުންވާ އަދަދު

ސްޓެޓިސްޓިކަލް ސަރވޭސް އެންޑް އެނަލިސިސް

ބޭނުންވާ ސެކްޝަން

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،    
  •  ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 
  • ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ ޝަރުޠުތުތައް

ސްޓެޓިސްޓިކަލް ސަރވޭ އެންޑް ޑޭޓާ ޕްރޮސެސިންގ

  • ސްޓެޓިސްޓިކަލް ސަރވޭ އެންޑް ޑޭޓާ ޕްރޮސެސިންގ ސެކްޝަން ހިންގެވުމާ ހަވަލުވެ ހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު ސެކްޝަނުގެ މަސައްކަތްތަކާއި ޑިވިޝަނުން ރާވައި ހިންގޭ ސަރވޭތައް ކުރިއަށް ގެންދިއުމާއި އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. މިގޮތުން:
  • ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކޮށް ޕްރީޓެެސްޓްކުރުމާއި ފައިނަލްކުރުން.
  • ސަރވޭތަކުގެ ސާމްޕްލިންގްގެ މަސައްކަތް ކުރުން.
  • ސަރވޭތަކުގެ ބަޖެޓްް އެކުލަވައިލައި ޚަރަދުތައް މޮނިޓަރކުރުމާއި، އެނިއުމަރޭޓަރުން ހޯދުމާއި، ލޮޖިސްޓިކްސް އަދި މުޅި އޮޕަރޭޝަން ރާވައި މެނޭޖްްްކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • ސަރވޭތަކުގެ ޕަބްލިސިޓީ މެޓީީރިއަލް ތައްޔާރުކުރުމާއި ޕަބްލިސިޓީ ހަރަކާތްތައް ރާވައި ހިންގުން.
  • ސަރވޭތަކުގެ ޓްރެއިނިންގ މެނުއަލް، ޕްރެސެންޓޭޝަން ފަދަ ޓްރޭނިންގ މެެޓީރިއަލް ތައްޔާރުކުރުުން އަދި ތަމްރީން ދިނުން.
  • ސަރވޭތަކުގެ ކޯޑިންގ މެނުއަލްތައް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
  • ސަރވޭތަކުގެ ޑޭޓާކަލެކްޝަން އާއި ސުޕަރވިޝަންގެ މަސައްކަތްކުރުންއަދި މިމަސައްކަތް މޮނިޓަރކޮށް މނޭޖްްކުރުންް.
  • ސަރވޭތަކުގެ މަޢުލޫމާތު ކޯޑް ކުރުން އަދި މިމަސައްކަތް މޮނިޓަރކޮށް ސުޕަވައިޒްކުރުންް.
  • ސަރވޭތަކުގެ ޑޭޓާ އެޑިޓިންގގެ މަސައްކަތް ކުރުން.
  • ސަރވޭތަކުގެ ޓެކނިކަަލް އަދި އެނަލިޓިކްލް ރިޕޯޓުތައް އެކުލަވައިލުމުގައި ބައިވެރިވެ މިމަސައްކަތް ވިލަރެސްްްކުރުން.
  • ސަރވޭގެ ނަތީިޖާތައް ޢާންމުކުރުމުގައި ބައިވެރިވެ މިމަސައްކަތް ވިލަރެސްކުރުން.
  • އިނަޓރނޭޝަނަލް ކްލެސިފިކޭޝަންތައް ރާއްޖެއާއި ގުޅޭގޮތަށް ބައްޓަންކޮން ކަނޑައެޅޭ ނެޝަނަލް ކޯޑިންގ ސިސްޓަމްތައް އެކުލަވާލުމުގެ މަސައްކަތް ވިލަރެސްކުރުންް.
  • ތަފާސްހިސާބު ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ސަރވޭތައް ޕްރޮސެސްކޮށް މިސަރވޭތަކުގެ ރަޖިސްޓަރީއެއް ޤާއިމުކޮށް ބެލެހެއްޓުން.
  • ތަފާސްހިސާބު ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ކުރާ ސަރވޭތަކުގެ ރިޕޯޓުތައް ދިރާސާކޮށް ކޮމެންޓްކުރުން، އަދި ޑޭޓާ ޔޫސަރުންނަށް ފަސޭހައިން އެކްސަސްވެވޭގޮތަށް ޢާންމުކުރުން
  • ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
  • ސަރވޭގެ ޑޭޓާ ކަލެކްޝަން އަދި ޕްރޮސެސިންގ އާއި ޑިސެމިނޭޝަން ޒަމާނާ އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުމަށް ސެކްޝަން ހެޑްއާ ގުޅިގެން މަސައްކަތްްކުރުން.
  • ސަރވޭއާއި ސާމްޕްލިންގ ގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، މިދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުން.
  •  ޔުނިޓްގެ މަސައްކަތް ޑޮކިއުމަންޓް ކުރުމާއި، ތަރައްޤީކުރުމަށް މަސައްކަތްކުރުން.
  • ޔުނިޓުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  • ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު

މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް

މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، އިޢުލާންއަށް މުއްފަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އަދި އިމްތިހާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • ވަޒީފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

16 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:

 

  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
  • މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލާމާތު:

05 އޮގަސްޓް 2015