ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނިން 2025ގައި ހިންގަން ރާވާފައިވާ ޓްރެއިނިންގތަކުގައި ކިޔަވައިދޭނެ ޓްރެއިނަރސް ހޯދުމަށް ކުރެވޭ އިޢުލާން.
މަޤާމު: |
ޓްރެއިނަރ |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނިން ހިންގަން ރާވާފައިވާ ޓްރެއިނިންގތައް ހިންގުމަށް ބޭނުންވާ ޕްރެޒެންޓޭޝަނާއި އެކްޓިވިޓީތައް ތައްޔާރުކޮށް ޓްރެއިނިންގ ކުރިއަށް ގެންދިޔައުން. |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް |
ހިންގަން ރާވާފައިވާ ޓްރެއިނިންގތައް: |
|
މަޤާމުގެ ޝަރުތުތައް: |
ޚިޔާރު ކުރައްވާ ދާއިރާއަކާއި ގުޅޭ ބެޗެލަރސް ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ލެވެލްގެ ސެޓްފިކެޓެއް ނުވަތަ ސަރޓިފައިޑް ލައިސެންސެއް ޙާޞިލްކޮށްފައިވުމާއި އެކުގައި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ޓްރެއިނަރ އަކަށް މަސައްކަތްކޮށްފައިވުން ނުވަތަ ޓްރެއިނަރއަކަށް މަސައްކަތްކުރެވިދާނެ ކަމުގެ ޤާބިލްކަން އިންޓަރވިއުއިން ސާބިތުކޮށްދިނުން. |
އުޖޫރަ: |
ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް 350 ރުފިޔާއާއި 700 ރުފިޔާއާއި ދެމެދުގެ އުޖޫރައެއް |
ހުށަހަޅަންޖެހޭ ތަކެތި: |
-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ -ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު -ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓެޑް/އެކްރެޑިޓެޑް ކޮޕީ -ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތައް |
ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 16 މާރިޗު 2025 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ހެނދުނު 08:00 އާއި މެންދުރު 12:00 އާއި ދެމެދު 3001523 އަށް. |
6 މާރިޗު 2025