ވަޒީފާގެ ފުރުޞަތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 16 މާރިޗު 2025 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނިން 2025ގައި ހިންގަން ރާވާފައިވާ ޓްރެއިނިންގތަކުގައި ކިޔަވައިދޭނެ ޓްރެއިނަރސް ހޯދުމަށް ކުރެވޭ އިޢުލާން.

 

 

މަޤާމު:

ޓްރެއިނަރ

މަޤާމުގެ މަސްއޫލިއްޔަތުތައް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނިން ހިންގަން ރާވާފައިވާ ޓްރެއިނިންގތައް ހިންގުމަށް ބޭނުންވާ ޕްރެޒެންޓޭޝަނާއި އެކްޓިވިޓީތައް ތައްޔާރުކޮށް ޓްރެއިނިންގ ކުރިއަށް ގެންދިޔައުން.

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ހިންގަން ރާވާފައިވާ ޓްރެއިނިންގތައް:

  • Team Building and Communication Skills
  • Advanced Microsoft Excel
  • Public Speaking and Media Relations
  • Emotional Intelligence and Motivation
  • Islamic Finance Basics
  • Conflict Management and Decision Making
  • Financial Management for Small Businesses
  • Performance Management for Supervisors
  • Occupational Health and Safety
  • Risk Management for Business
  • Marketing Management for Small Businesses
  • Internal Audit Best Practices

 މަޤާމުގެ ޝަރުތުތައް:

ޚިޔާރު ކުރައްވާ ދާއިރާއަކާއި ގުޅޭ ބެޗެލަރސް ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ލެވެލްގެ ސެޓްފިކެޓެއް ނުވަތަ ސަރޓިފައިޑް ލައިސެންސެއް ޙާޞިލްކޮށްފައިވުމާއި އެކުގައި ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ޓްރެއިނަރ އަކަށް މަސައްކަތްކޮށްފައިވުން ނުވަތަ ޓްރެއިނަރއަކަށް މަސައްކަތްކުރެވިދާނެ ކަމުގެ ޤާބިލްކަން އިންޓަރވިއުއިން ސާބިތުކޮށްދިނުން.

އުޖޫރަ:

ކިޔަވައިދެއްވާ ކޮންމެ ގަޑިއިރަކަށް 350 ރުފިޔާއާއި 700 ރުފިޔާއާއި ދެމެދުގެ އުޖޫރައެއް

ހުށަހަޅަންޖެހޭ ތަކެތި:

-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

-ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓެޑް/އެކްރެޑިޓެޑް ކޮޕީ

-ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތައް

ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 16 މާރިޗު 2025 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ހެނދުނު 08:00 އާއި މެންދުރު 12:00 އާއި ދެމެދު 3001523 އަށް.

 

6 މާރިޗު 2025

 

06 މާރިޗު 2025