ވައިކަރަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުން 3 ޖޫން 2015 ގައި ކޮށްފައިވާ IUL)VHC/03/2015/007) ނަންބަރުގެ އިޢުލާނުގައިވާ މަޤާމާ ގުޅޭ ދާއިރާތައް ތަފްސީލުކޮށް ހިމެނުމަށް މިނިސްޓްރީ އޮފް ހެލްތުން އަންގަވާފައިވާތީ، އެ އިޢުލާން ބަޠިލުކޮށްފައި، އަލުން އިޢުލާނުކުރަމެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިޕާޓްމަންޓް

ވައިކަރަދޫ ޞިއްޙީ މަރުކަޒު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ވައިކަރަދޫ ޞިއްޙީ މަރުކަޒު، ހދ. ވައިކަރަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޞިއްޙީ މަރުކަޒުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކާއި، އާސަންދައިގެ ޚިދުމަތް ދިނުމާއި، ސްޓޮކާއި މަރާމާތާބެހޭ މަސައްކަތްތައް ބެލެހެއްޓުމާއި، ދަށުގައި ތިބޭ މުވައްޒަފުން ސުޕަވައިޒްކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން،  ޕްރޮޖެކްޓް  މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ.

މަޤާމުގެ ނަން

މަސައްކަތު

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1  

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިޕާޓްމަންޓް

ވައިކަރަދޫ ޞިއްޙީ މަރުކަޒު

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ވައިކަރަދޫ ޞިއްޙީ މަރުކަޒު، ހދ. ވައިކަރަދޫ

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.
  2. މަރުކަޒުގެ އޮފީސް ބައިގައިހުރި ހިފާގެންގުޅޭ ތަކެއްޗާއި، ތަންތަނާއި، މެޝިންތަކާއި، އިކްވިޕްމަންޓްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއެކު، މަރުކަޒުގައި ހިފާގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން.
  3. އޮފީހުގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުން. 
  4. މަރުކަޒުގައި ޤާއިމްކުރެވިފައިވާ ބޯފެނުގެ ނިޒާމް ބެލެހެއްޓުން.   
  5. މަރުކަޒާއި މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށް މަސައްކަތް ކުރުން.
  6. މަރުކަޒުގައި އުފެދޭ ކުނި، ރައްކާތެރިކަމާއެކު ނައްތާލުން (އިންސިނަރޭޓް ކުރުން) އަދި އަންދާނުލެވޭ ކުނި އެފަދަ ތަކެތި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން.
  7. މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިނުވާފަދަގޮތަކަށް މަރުކަޒުގެ ގޯތިތެރެ ރައްކާތެރި އަދި ސާފުތާހިރު ވެއްޓެއްގެގޮތުގައި ބޭއްވުމަށް މަސައްކަތްކުރުން.
  8. މަރުކަޒުގެ ފަރާތުން ހިންގާ އެކިއެކި ޕްރޮގުރާމްތަކާއި އެކިއެކި ބައްދަލުވުންތައް އިންތިޒާމްކުރުމުގައި، ވެރިން އަންގާ ކަންތައް ކުރުން.
  9. އިދާރީކަމެއްގައި މަރުކަޒުގެ އޮފީހުން އަންގާ ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކަމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވަހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވައިކަރަދޫ ޞިއްޙީ މަރުކަޒަށް ހުށަޅައެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި

2015 ވަނަ އަހަރުގެ އޮގަސްޓުމަހު ނުވަތަ ސެޕްޓެންބަރުމަހުގައި ވައިކަރަދޫ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520540 ނަންބަރު ފޯނާއެވެ.

19 ޝައްޥާލް 1436

04 އޮގަސްޓް 2015
ހޯދާ