ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުން 3 ޖޫން 2015 ގައި ކޮށްފައިވާ IUL)VHC/03/2015/007) ނަންބަރުގެ އިޢުލާނުގައިވާ މަޤާމާ ގުޅޭ ދާއިރާތައް ތަފްސީލުކޮށް ހިމެނުމަށް މިނިސްޓްރީ އޮފް ހެލްތުން އަންގަވާފައިވާތީ، އެ އިޢުލާން ބަޠިލުކޮށްފައި، އަލުން އިޢުލާނުކުރަމެވެ.
|
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||
|
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: GS3 |
||
|
މުސާރަ |
މަހަކު -/4465 ރުފިޔާ |
||||
|
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||||
|
ޑިޕާޓްމަންޓް |
ވައިކަރަދޫ ޞިއްޙީ މަރުކަޒު |
||||
|
އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން |
ވައިކަރަދޫ ޞިއްޙީ މަރުކަޒު، ހދ. ވައިކަރަދޫ |
||||
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ޞިއްޙީ މަރުކަޒުގެ އެންމެހައި އިދާރީ މަސައްކަތްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކާއި، އާސަންދައިގެ ޚިދުމަތް ދިނުމާއި، ސްޓޮކާއި މަރާމާތާބެހޭ މަސައްކަތްތައް ބެލެހެއްޓުމާއި، ދަށުގައި ތިބޭ މުވައްޒަފުން ސުޕަވައިޒްކުރުން. |
||||
|
ތަޢުލީމާއި ތަޖުރިބާ |
1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
||||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
||||
|
ޢިނާޔަތްތައް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ. |
||||
|
މަޤާމުގެ ނަން |
މަސައްކަތު |
||||
|
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: SS1 |
||
|
މުސާރަ |
މަހަކު -/3100 ރުފިޔާ |
||||
|
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
||||
|
ޑިޕާޓްމަންޓް |
ވައިކަރަދޫ ޞިއްޙީ މަރުކަޒު |
||||
|
އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން |
ވައިކަރަދޫ ޞިއްޙީ މަރުކަޒު، ހދ. ވައިކަރަދޫ |
||||
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||||
|
ތަޢުލީމާއި ތަޖުރިބާ |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން. |
||||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
||||
|
ޢިނާޔަތްތައް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ. |
||||
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||||
|
ސުންގަޑި |
2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވައިކަރަދޫ ޞިއްޙީ މަރުކަޒަށް ހުށަޅައެޅުން އެދެމެވެ. |
||||
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި |
2015 ވަނަ އަހަރުގެ އޮގަސްޓުމަހު ނުވަތަ ސެޕްޓެންބަރުމަހުގައި ވައިކަރަދޫ ޞިއްޙީ މަރުކަޒުގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
|
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520540 ނަންބަރު ފޯނާއެވެ. |
||||
19 ޝައްޥާލް 1436