މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓާއެކު މަސައްކަތްކުރުމަށް ޝައުގުވެރިވާ އެންޖީއޯތައް ހޯދުމަށް ފުރުޞަތު ހުޅުވައިލުން

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓާއެކު މަސައްކަތްކުރުމަށް ޝައުގުވެރިވާ އެންޖީއޯތައް ހޯދުމަށް ފުރުޞަތު ހުޅުވައިލުން

 

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓުން ކުރިއަށްގެންދާ މަޝްރޫޢުތަކުގައި މި މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރަން ޝައުޤުވެރިވާ އެންޖީއޯތައް/ޖަމްޢިއްޔާތައް ހޯދުމަށް ފުރުޞަތު ހުޅުވައިލަމެވެ. މި ފުރުސަތު ހުޅުވާލަނީ ހަމައެކަނި ހިލޭސާބަހަށް މަސައްކަތްކުރާ އެންޖީއޯ/ޖަމްޢިއްޔާތަކަށެވެ.  

 މިކަމަށް ޝައުޤުވެރިވެ، ކުރިމަތިލާ އެންޖީއޯތަކުން ތިރީގައި ބަޔާންކުރާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.  

□ އެންޖީއޯ/ޖަމްޢިއްޔާގެ  ރަޖިސްޓަރީ ކޮޕީ. 

□ އެންޖީއޯ/ޖަމްޢިއްޔާގެ ޕްރޮފައިލް. 

□ އެންޖީއޯ/ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދު. 

□ އެންޖީއޯ/ޖަމްޢިއްޔާގެ ބޯޑު މެންބަރުންގެ މަޢުލޫމާތު.  

□ ބައިނަލްއަޤުވާމީ ރެކޮގްނިޝަނެއް ވާނަމަ، އެކަމުގެ ލިޔުން. 

□ މީގެކުރިން ކޮށްފައިވާ، މިދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގެ ތަފުޞީލު (ތަޖުރިބާ).

□ ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު.

 ވީމާ، މިމިނިސްޓްރީގެ އެނިމަލް ވެލްފެއަރ ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ އެންޖީއޯތަކުން، 27 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މި މިނިސްޓްރީގެ (ވެލާނާގެ 7 ވަނަ ފަންގިފިލާ) ކައުންޓަރަށް ނުވަތަ، އީމެއިލް [email protected] އަށް ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339288 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. 

20 ފެބުރުވަރީ 2025
ހޯދާ