މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރުބެހުމާ ގުޅޭ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ނަންބަރު (IUL)142-A1/142/2025/3 އިޢުލާން އާއި ހަވާލާދީ ލިޔަމެވެ.

ސަޢޫދީ އަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕަކެޓް ކަމުން ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުންނެވެ.

އެހެންކަމުން، ކަދުރު ބޭނުއްފުޅު ވެލައްވާ ގޭބިސީތަކުން މިއަދު 2025 ފެބުރުވަރީ 16 ވީ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު 12:00 އާއި ދެމެދު ކައުންސިލް އިދާރާއަށް ދުރުވެ ކަދުރު ޕެކެޓާއި ހަވާލުވުމަށް އެދެމެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ފަރާތުން މި އިދާރާއާއި ހަވާލުކޮށްފައިވާ ކަދުރު ހުސްވަންދެން ބަލާ އަންނަ ތަރުތީބުން މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓުގެ ރޭޓުންނެވެ.

16 ފެބުރުވަރީ 2025
ހޯދާ