ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ނަންބަރު (IUL)142-A1/142/2025/3 އިޢުލާން އާއި ހަވާލާދީ ލިޔަމެވެ.
ސަޢޫދީ އަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕަކެޓް ކަމުން ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުންނެވެ.
އެހެންކަމުން، ކަދުރު ބޭނުއްފުޅު ވެލައްވާ ގޭބިސީތަކުން މިއަދު 2025 ފެބުރުވަރީ 16 ވީ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު 12:00 އާއި ދެމެދު ކައުންސިލް އިދާރާއަށް ދުރުވެ ކަދުރު ޕެކެޓާއި ހަވާލުވުމަށް އެދެމެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ފަރާތުން މި އިދާރާއާއި ހަވާލުކޮށްފައިވާ ކަދުރު ހުސްވަންދެން ބަލާ އަންނަ ތަރުތީބުން މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓުގެ ރޭޓުންނެވެ.