ދިވެހިރާއްޖެ
ކައުންސިލްގެ ޤުރުއާން މުބާރާތް-1446
1446ވަނަ އަހަރުގެ ކައުންސިލް ޤުރުއާން މުބާރާތް 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރަތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއިޢުލާނުގައިވާ ލިންކު މެދުވެރިކޮށް ފޯމް ފުރިހަމަކުރެއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާގެ ގޮތުގައި ބެލެވޭނީ 01 ޖަނަވަރީ 2025 އަށް ފުރިފައިވާ އުމުރަށެވެ. މުބާރާތާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ސާފްކުރުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރ 6820017 ފޯނަށް ގުޅުއްވުން އެދެމެވެ.
މުބާރާތުގެ އުމުރުފުރާތަކާއި މުޤައްރަރު:
# |
|
މުޤައްރަރު |
|
|
އުމުރުފުރާ |
ބަލައިގެން |
ނުބަލައި |
1 |
ޕްރީސްކޫލް ޢުމުރުފުރާ |
ބޭނުން ސޫރަތެއް |
ބޭނުން ސޫރަތެއް |
|
އެލް.ކޭ.ޖީ |
ސޫރަތުލްޟުޙާ އިން ސޫރަތުލް ނާސިއަށް |
ސޫރަތުއް ފީލް އިން ސޫރަތުއް ނާސްގެ ނިޔަލަށް |
2 |
ޔޫ.ކޭ.ޖީ |
ސޫރަތުލްޟުޙާ އިން ސޫރަތުލް ނާސިއަށް |
ސޫރަތުއް ޤާރިޢާ އިން ސޫރަތުއް ނާސިއަށް |
3 |
7 އަހަރުންދަށް |
1 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
ސޫރަތުއް އަޢުލާ އިން ސޫރަތުއް ނާސިއަށް |
4 |
9 އަހަރުންދަށް |
2 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
1 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
5 |
11 އަހަރުންދަށް |
3 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
ސޫރަތުލް މުއްޒައްމިލު އިން ސޫރަތުއް ނާސިއަށް |
6 |
13 އަހަރުންދަށް |
4 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
2 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
7 |
16 އަހަރުންދަށް |
5 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
3 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
8 |
18 އަހަރުންދަށް |
6 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
4 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
9 |
18 އަހަރުންމަތި |
7 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
5 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު) |
މުބާރާތުގައި ބައިވެރިވުމަށް އެދޭ ލިންކް: https://forms.office.com/r/LnSZb3eVbZ?origin=lprLink
12 ޝަޢުބާން 1446
11 ފެބުރުއަރީ 2025