ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-a/INDIV/2025/8
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 27 ފެބުރުވަރީ 2025 13:30
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ޤުރުއާން މުބާރާތް-1446

ކައުންސިލްގެ ޤުރުއާން މުބާރާތް-1446

               1446ވަނަ އަހަރުގެ ކައުންސިލް ޤުރުއާން މުބާރާތް 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރަތުގައި ބައިވެރިވުމަށް  އެދޭ ފަރާތްތަކުން  27 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއިޢުލާނުގައިވާ ލިންކު މެދުވެރިކޮށް ފޯމް ފުރިހަމަކުރެއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާގެ ގޮތުގައި ބެލެވޭނީ 01 ޖަނަވަރީ 2025 އަށް ފުރިފައިވާ އުމުރަށެވެ. މުބާރާތާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ސާފްކުރުމަށް ބޭނުންފުޅުވާނަމަ  މިއިދާރާގެ ނަންބަރ  6820017  ފޯނަށް ގުޅުއްވުން އެދެމެވެ.

މުބާރާތުގެ އުމުރުފުރާތަކާއި މުޤައްރަރު:   

#

 

މުޤައްރަރު

 

 

އުމުރުފުރާ

ބަލައިގެން

ނުބަލައި

1

ޕްރީސްކޫލް ޢުމުރުފުރާ

ބޭނުން ސޫރަތެއް

ބޭނުން ސޫރަތެއް

 

އެލް.ކޭ.ޖީ

ސޫރަތުލްޟުޙާ އިން ސޫރަތުލް ނާސިއަށް

ސޫރަތުއް ފީލް އިން ސޫރަތުއް ނާސްގެ ނިޔަލަށް

2

ޔޫ.ކޭ.ޖީ

ސޫރަތުލްޟުޙާ އިން ސޫރަތުލް ނާސިއަށް

ސޫރަތުއް ޤާރިޢާ އިން ސޫރަތުއް ނާސިއަށް

3

7 އަހަރުންދަށް

1 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

ސޫރަތުއް އަޢުލާ އިން ސޫރަތުއް ނާސިއަށް

4

9 އަހަރުންދަށް

2 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

1 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

5

11 އަހަރުންދަށް

3 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

ސޫރަތުލް މުއްޒައްމިލު އިން ސޫރަތުއް ނާސިއަށް

6

13 އަހަރުންދަށް

4 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

2 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

7

16 އަހަރުންދަށް

5 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

3 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

8

18 އަހަރުންދަށް

6 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

4 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

9

18 އަހަރުންމަތި

7 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

5 ފޮތް ( ފެށޭކޮޅު/ ނިމޭކޮޅު)

މުބާރާތުގައި ބައިވެރިވުމަށް އެދޭ ލިންކް: https://forms.office.com/r/LnSZb3eVbZ?origin=lprLink

 

                             12 ޝަޢުބާން 1446                     

                             11 ފެބުރުއަރީ 2025

 

11 ފެބުރުވަރީ 2025