ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ
މި އޮފީހުން ބައެއް ތަކެތި ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު IUL)7-ADMN/1/2015/32)ފ(15 ޖުލައި 2015) އިޢުލާނާ ގުޅިގެން ބައެއް ތަކެތި ގެނެސްދިނުމަށް ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، ތިރީގައި މިވާ ތަކެތި ގެނެސްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ޢަދަދު |
އައިޓަމް |
3 |
އެއަރ ކޮންޑިޝަން 9000 ބީޓީޔޫ |
3 |
އެއަރ ކޮންޑިޝަން 18000 ބީޓީޔޫ |
2 |
އެއަރ ކޮންޑިޝަން 24000 ބީޓީޔޫ |
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނުގައިވާ ކޮންމެ އައިޓަމަކަށް ވަކިން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދެވޭ މިންގަޑު ތިރީގައި މިވަނީއެވެ.
އަގު (70) |
އެންމެ ދަށް އަގު |
70 |
|
ޑެލިވަރީ (20) |
އެންމެ އަވަސް |
20 |
|
ވޮރަންޓީ (10) |
އެންމެ ދިގު މުއްދަތަށް (މަސް/އަހަރު) |
10 |