ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ
މި އޮފީހުން ބައެއް ތަކެތި ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު IUL)7-ADMN/1/2015/32)ފ(15 ޖުލައި 2015) އިޢުލާނާ ގުޅިގެން ބައެއް ތަކެތި ގެނެސްދިނުމަށް ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، ތިރީގައި މިވާ ތަކެތި ގެނެސްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
| 
 ޢަދަދު  | 
 އައިޓަމް  | 
| 
 3  | 
 އެއަރ ކޮންޑިޝަން 9000 ބީޓީޔޫ  | 
| 
 3  | 
 އެއަރ ކޮންޑިޝަން 18000 ބީޓީޔޫ  | 
| 
 2  | 
 އެއަރ ކޮންޑިޝަން 24000 ބީޓީޔޫ  | 
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނުގައިވާ ކޮންމެ އައިޓަމަކަށް ވަކިން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދެވޭ މިންގަޑު ތިރީގައި މިވަނީއެވެ.
| 
 އަގު (70)  | 
 އެންމެ ދަށް އަގު  | 
| 
 70  | 
|
| 
 ޑެލިވަރީ (20)  | 
 އެންމެ އަވަސް  | 
| 
 20  | 
|
| 
 ވޮރަންޓީ (10)  | 
 އެންމެ ދިގު މުއްދަތަށް (މަސް/އަހަރު)  | 
| 
 10  |