ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ

ބާރަށު ޕްރީ ސްކޫލަށް 2025 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބޭބީނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ އުޞޫލު ތިރީގައި މިވަނީއެވެ.

 

ގްރޭޑް

  2025 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ ބަލާގޮތް

ބޭބީ ނާސަރީ

31 ޑިސެމްބަރ 2024 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން

(31 މާރިޗު 2025 ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.)

ނާސަރީ

31 ޑިސެމްބަރ 2024 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

(31 މާރިޗު 2025 ގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.)

 

ވީމާ، ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވައްދަން އެދޭ ފޯރމް ކައުންސިލް އިދާރާއިން ނެންގެވުމަށްފަހު 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 13.00 އާއި ދެމެދެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

04 ޝަޢުބާން  1446       

03 ފެބުރުވަރީ 2025
ހޯދާ