ދިވެހިރާއްޖެ
ބާރަށު ޕްރީ ސްކޫލަށް 2025 ވަނަ އަހަރު ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބޭބީނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވެއްދުމުގެ އުޞޫލު ތިރީގައި މިވަނީއެވެ.
ގްރޭޑް |
2025 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ ބަލާގޮތް |
ބޭބީ ނާސަރީ |
31 ޑިސެމްބަރ 2024 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ދަރިވަރުން (31 މާރިޗު 2025 ގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.) |
ނާސަރީ |
31 ޑިސެމްބަރ 2024 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން (31 މާރިޗު 2025 ގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީއަށް ވަނުމުގެ ފުރުސަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.) |
ވީމާ، ބޭބީ ނާސަރީ އަދި ނާސަރީއަށް ދަރިވަރުން ވައްދަން އެދޭ ފޯރމް ކައުންސިލް އިދާރާއިން ނެންގެވުމަށްފަހު 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހު 14:00 ގެކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ. ފޯރމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 13.00 އާއި ދެމެދެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
04 ޝަޢުބާން 1446