ބާވަތް:
|
ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް
|
ބޭނުންވާ އަދަދު:
|
1
|
އުޖޫރަ:
|
މަހަކު -/12000 (ބާރަހާސް) ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން/ ރަށް
|
ދިވެހިބަހުގެ އެކެޑަމީ/ މާލެ
|
މަސައްކަތު ގަޑި:
|
ރަސްމީ މަސައްކަތު ގަޑިތަކުގެ ތެރެއިން އެއްބަސްވެވޭ 6 ގަޑިއިރު
|
މަސައްކަތުގެ މުއްދަތު:
|
5 އަހަރު.
|
މަޤާމުގެ ޝަރުޠު:
|
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ދިވެހިބަހާއި ތާރީޚުގެ ރިސާޗްކޮށް، ފޮތް ލިޔުމުގެ ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މި ދާއިރާގެ ރޮނގުތަކުން ދިރާސާތަކެއް ހަދައި އެ ދިރާސާތައް ޝާއިޢުކޮށްފައިވުން.
- ބޭރުގެ ރިސާޗަރުންނާއެކު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
- ދިވެހިބަހާއި ދިވެހިތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތު އެކިއެކި ފޯރަމްތަކުގައި ފަރިތަކަމާއެކު އިނގިރޭސިބަހުންނާއި ދިވެހިބަހުން ހާމަކޮށްދެވޭ ފަރާތެއްކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ދިވެހިބަސް، ދިވެހި ތާރީޚު، ދިވެހީންގެ ސަގާފަތް، މިދާއިރާތަކުން އެކެޑަމީއަށް ބޭނުންވާ ޢިލްމީ ލަފާދިނުން.
- ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާއިން ހޮވާލެވޭ ދާއިރާތަކަށް އަހަރުތެރޭ މަދުވެގެން 3 ފަހަރެއްގެ މަތީން މަޢުލޫމާތު ދިނުމުގެ ގޮތުން ތަޤުރީރު ކުރުން.
- ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާތަކުގެ މަޢުލޫމާތު އެކެޑަމީން ހޯދަން ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
- ފަތްތޫރަ މަޖައްލާއަށް އެކިފަރާތްތަކުން ފޮނުވާ ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ ލިޔުންތަކުގެ ޞައްޙަކަން ބަލައިދިނުން.
- މަހަކުކު އެއްފަހަރު ނެރޭ ފަތްތޫރަ މަޖައްލާގައި ހިމެނުމަށް މަދުވެގެން 1 އާޓިކަލް ތައްޔާރުކުރުން.
- ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާއިން ހޮވައިލެވޭ ދާއިރާއަކުން މަދުވެގެން 150 ޞަފްޙާގެ 1 ފޮތް ލިޔެ ތައްޔާރުކުރުން.
- މުސްކުޅި ބަސްފޮތް ތައްޔާރުކުރުމުގައި ޢިލްމީ އެހީތެރިކަން ދިނުން.
- ދިވެހި ތާރީޚާއި މައުނަވީ ތަރިކައާ ދިވެހިން އަހުލުވެރިކުރުވުމުގެ މަސައްކަތްކުރުން.
- ލޯމާފާނެއް ތަރުޖަމާކުރުން.
- މަދަރުސާ ކުދިން ދިވެހި ތާރީޚަށް އަހުލުވެރިކުރުވައި ޝައުޤުވެރިކުރުވުމަށްޓަކައި ދިވެހި ތާރީޚީ ލުއިފޮތްތައް އެކުލަވައިލައި ލިޔުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ، އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)
|