ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)430-DBA-I/1/2015/26
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 04 އޮގަސްޓް 2015 14:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު: IUL)430-DBA-I/1/2015/19) އިޢުލާނަށް ކުރިމަތިލައިފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީމެވެ. އެހެންކަމުން ދިވެހިބަހުގެ އެކެޑަމީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުން އެދެމެވެ.

ބާވަތް:

ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

1

އުޖޫރަ:

މަހަކު -/12000 (ބާރަހާސް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން/ ރަށް

ދިވެހިބަހުގެ އެކެޑަމީ/ މާލެ

މަސައްކަތު ގަޑި:

ރަސްމީ މަސައްކަތު ގަޑިތަކުގެ ތެރެއިން އެއްބަސްވެވޭ 6 ގަޑިއިރު

މަސައްކަތުގެ މުއްދަތު:

5 އަހަރު. 

މަޤާމުގެ ޝަރުޠު:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ ދިވެހިބަހާއި ތާރީޚުގެ ރިސާޗްކޮށް، ފޮތް ލިޔުމުގެ ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މި ދާއިރާގެ ރޮނގުތަކުން ދިރާސާތަކެއް ހަދައި އެ ދިރާސާތައް ޝާއިޢުކޮށްފައިވުން. 
  • ބޭރުގެ ރިސާޗަރުންނާއެކު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ދިވެހިބަހާއި ދިވެހިތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތު އެކިއެކި ފޯރަމްތަކުގައި ފަރިތަކަމާއެކު އިނގިރޭސިބަހުންނާއި ދިވެހިބަހުން ހާމަކޮށްދެވޭ ފަރާތެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދިވެހިބަސް، ދިވެހި ތާރީޚު، ދިވެހީންގެ ސަގާފަތް، މިދާއިރާތަކުން އެކެޑަމީއަށް ބޭނުންވާ ޢިލްމީ ލަފާދިނުން.
  • ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާއިން ހޮވާލެވޭ ދާއިރާތަކަށް އަހަރުތެރޭ މަދުވެގެން 3 ފަހަރެއްގެ މަތީން މަޢުލޫމާތު ދިނުމުގެ ގޮތުން ތަޤުރީރު ކުރުން.
  • ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާތަކުގެ މަޢުލޫމާތު އެކެޑަމީން ހޯދަން ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ފަތްތޫރަ މަޖައްލާއަށް އެކިފަރާތްތަކުން ފޮނުވާ ބަހާއި ތާރީޚާއި ސަގާފަތާ ބެހޭ ލިޔުންތަކުގެ ޞައްޙަކަން ބަލައިދިނުން.
  • މަހަކުކު އެއްފަހަރު ނެރޭ ފަތްތޫރަ މަޖައްލާގައި ހިމެނުމަށް މަދުވެގެން 1 އާޓިކަލް ތައްޔާރުކުރުން.
  • ދިވެހިބަހާއި ތާރީޚާއި ސަގާފަތުގެ ދާއިރާއިން ހޮވައިލެވޭ ދާއިރާއަކުން މަދުވެގެން 150 ޞަފްޙާގެ 1 ފޮތް ލިޔެ ތައްޔާރުކުރުން.
  • މުސްކުޅި ބަސްފޮތް ތައްޔާރުކުރުމުގައި ޢިލްމީ އެހީތެރިކަން ދިނުން.
  • ދިވެހި ތާރީޚާއި މައުނަވީ ތަރިކައާ ދިވެހިން އަހުލުވެރިކުރުވުމުގެ މަސައްކަތްކުރުން.
  • ލޯމާފާނެއް ތަރުޖަމާކުރުން.
  • މަދަރުސާ ކުދިން ދިވެހި ތާރީޚަށް އަހުލުވެރިކުރުވައި ޝައުޤުވެރިކުރުވުމަށްޓަކައި ދިވެހި ތާރީޚީ ލުއިފޮތްތައް އެކުލަވައިލައި ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ، އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު) 

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 އޮގަސްޓު 4 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:30  

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާ އެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާންގެ މުއްދަތު ހަމަވާތާ ހަފްތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

6 ޝައްވާލް 1436

23 ޖުލައި 2015