ބާވަތް:
|
ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް
|
ބޭނުންވާ އަދަދު:
|
1
|
އުޖޫރަ:
|
މަހަކު -/10000 (ދިހަހާސް) ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން/ ރަށް
|
ދިވެހިބަހުގެ އެކެޑަމީ/ މާލެ
|
މަސައްކަތު ގަޑި:
|
ރަސްމީ މަސައްކަތު ގަޑިތަކުގެ ތެރެއިން އެއްބަސްވެވޭ 5 ގަޑިއިރު
|
މަސައްކަތު މުއްދަތު:
|
5 އަހަރު.
|
މަޤާމުގެ ޝަރުތު:
|
- ދިވެހިބަހުން ޑިގްރީއެއް އޮތުމާއެކު ދިވެހިބަސް ދިރާސާ ކުރުމާއި، ކިޔަވައި ދިނުމުގައި މަދުވެގެން 5 އަހަރު ތަޖުރިބާ ލިބިފައިވުން. ނުވަތަ ދިވެހިބަސް ދިރާސާ ކުރުމާއި، ކިޔަވައިދިނުމާއި ބަހުގެ ހަމަތަކުގެ މަޢުލޫމާތު ފެތުރުމުގެ މަސައްކަތުގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- ބޭރުގެ ރިސާޗަރުންނާއެކު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
- ދިވެހިބަހާއި ދިވެހި އަދަބިއްޔާތާބެހޭ މަޢުލޫމާތު އެކިއެކި ފޯރަމުތަކުގައި ފަރިތަކަމާއެކު ހާމަކޮށްދެވޭ ފަރާތެއްކަމުގައިވުން.
- ދިވެހިބަހާއި ބަހުގެ ގަވާއިދާއި ހަމަތަކާއި އަދަބިއްޔާތުގެ ދާއިރާއިން ފޮތް ލިޔެ ޝާއިޢުކޮށްފައިވާ ފަރާތެއް ކަމުގައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ރާއްޖޭގައި ރަސްމީކޮށް ނުކުންނަ ދުވަހު ނޫސްތަކާއި މަޖައްލާތައް ބަލައި އެއިން ފާހަގަ ކުރެވޭ ދިވެހިބަހުގެ އުސޫލާ ހަމަތަކާ ޚިލާފަށް ހުންނަ ކަންކަން ފާހަގަ ކުރުމާއި އެކަންކަމުގެ ރަނގަޅު ގޮތުގެ ލަފާ އެކަޑަމީއަށް ދިނުން.
- ދިވެހިބަހާ ބެހޭ ގޮތުން އާންމުންކުރާ ސުވާލުތަކަށް ދޭންޖެހޭ ޖަވާބު ދިނުމުގެ ލަފާ އެކަޑަމީއަށް ދިނުން. އަދި އެކެޑެމީން އެދިއްޖެ ހިނދެއްގައި އެ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށް ދިނުން.
- އެކެޑަމީން ނެރޭ ދިވެހިބަހުގެ ފޮތްތަކާއި މަޖައްލާތަކާއި، އެކިއެކި ލިޔުންތަކުގެ ދިވެހިބަހުގެ ޞައްޙަކަން ބެލުން.
- ދިވެހިބަހާ ބެހޭ ގޮތުން އެކެޑަމީން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތަކަށް، ބަހާބެހޭ ލަފާދިނުން.
- ރޭޑިއޯ، ޓީވީން ދިވެހިބަހުން ފޮނުވާ މުޢާމަލާތްތަކުގައި ބަހުގެ ހަމަތަކާއި އުސޫލާ ޚިލާފަށް ހުންނަ ކަންކަން ފާހަގަކޮށް އެ ފަރާތްތަކަށް ދޭންޖެހޭ އިރުޝާދު ދިނުމުގައި އެކެޑަމީއަށް އެހީތެރިވުން.
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހޮވާލެވޭ ސުރުޚީތަކެއްގެ ތެރެއިން 2 ފޮތް ތައްޔާރުކުރުން.
- އެކެޑެމީން ބޭނުންވެއްޖެ ހިނދެއްގައި ބަހާބެހޭ މަޢުލޫމާތު މީޑިއާގައި ހާމަކުރުން.
- ދިވެހިބަހުގެ ހަމަތަކާއި ބަސް ބޭނުންކުރާ އުސޫލުތައް ހިމެނޭ ލުއިފޮތްތައް އެކަށައަޅައި ތައްޔާރުކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ، އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)
|