ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-I/1/2015/25
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 04 އޮގަސްޓް 2015 14:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް

އިޢުލާނު

ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު: (IUL)430-DBA-I/1/2015/20 އިޢުލާނަށް ކުރިމަތިލައިފައިވާ ފަރާތްތައް މަދުކަމާއެކު، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީމެވެ. އެހެންކަމުން ދިވެހިބަހުގެ އެކެޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހެޅުން އެދެމެވެ.

ބާވަތް:

ދިވެހިބަހުގެ އެކެޑެމީގެ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

1                  

އުޖޫރަ:

މަހަކު -/10000 (ދިހަހާސް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން/ ރަށް

ދިވެހިބަހުގެ އެކެޑަމީ/ މާލެ

މަސައްކަތު ގަޑި:

ރަސްމީ މަސައްކަތު ގަޑިތަކުގެ ތެރެއިން އެއްބަސްވެވޭ 5 ގަޑިއިރު

މަސައްކަތު މުއްދަތު:

5 އަހަރު. 

މަޤާމުގެ ޝަރުތު:

  1. ދިވެހިބަހުން ޑިގްރީއެއް އޮތުމާއެކު ދިވެހިބަސް ދިރާސާ ކުރުމާއި، ކިޔަވައި ދިނުމުގައި މަދުވެގެން 5 އަހަރު ތަޖުރިބާ ލިބިފައިވުން. ނުވަތަ ދިވެހިބަސް ދިރާސާ ކުރުމާއި، ކިޔަވައިދިނުމާއި ބަހުގެ ހަމަތަކުގެ މަޢުލޫމާތު ފެތުރުމުގެ މަސައްކަތުގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވުން. 
  2. ބޭރުގެ ރިސާޗަރުންނާއެކު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  3. ދިވެހިބަހާއި ދިވެހި އަދަބިއްޔާތާބެހޭ މަޢުލޫމާތު އެކިއެކި ފޯރަމުތަކުގައި ފަރިތަކަމާއެކު  ހާމަކޮށްދެވޭ ފަރާތެއްކަމުގައިވުން.
  4. ދިވެހިބަހާއި ބަހުގެ ގަވާއިދާއި ހަމަތަކާއި އަދަބިއްޔާތުގެ ދާއިރާއިން ފޮތް ލިޔެ ޝާއިޢުކޮށްފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރާއްޖޭގައި ރަސްމީކޮށް ނުކުންނަ ދުވަހު ނޫސްތަކާއި މަޖައްލާތައް ބަލައި އެއިން ފާހަގަ ކުރެވޭ ދިވެހިބަހުގެ އުސޫލާ ހަމަތަކާ ޚިލާފަށް ހުންނަ ކަންކަން ފާހަގަ ކުރުމާއި އެކަންކަމުގެ ރަނގަޅު ގޮތުގެ ލަފާ އެކަޑަމީއަށް ދިނުން.
  2. ދިވެހިބަހާ ބެހޭ ގޮތުން އާންމުންކުރާ ސުވާލުތަކަށް ދޭންޖެހޭ ޖަވާބު ދިނުމުގެ ލަފާ އެކަޑަމީއަށް ދިނުން. އަދި އެކެޑެމީން އެދިއްޖެ ހިނދެއްގައި އެ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށް ދިނުން.
  3. އެކެޑަމީން ނެރޭ ދިވެހިބަހުގެ ފޮތްތަކާއި މަޖައްލާތަކާއި، އެކިއެކި ލިޔުންތަކުގެ ދިވެހިބަހުގެ ޞައްޙަކަން ބެލުން.
  4. ދިވެހިބަހާ ބެހޭ ގޮތުން އެކެޑަމީން ކަނޑައަޅާ ގަވާއިދުތަކާއި އުސޫލުތަކަށް، ބަހާބެހޭ ލަފާދިނުން.
  5. ރޭޑިއޯ، ޓީވީން ދިވެހިބަހުން ފޮނުވާ މުޢާމަލާތްތަކުގައި ބަހުގެ ހަމަތަކާއި އުސޫލާ ޚިލާފަށް ހުންނަ ކަންކަން ފާހަގަކޮށް އެ ފަރާތްތަކަށް ދޭންޖެހޭ އިރުޝާދު ދިނުމުގައި އެކެޑަމީއަށް އެހީތެރިވުން.
  6. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހޮވާލެވޭ ސުރުޚީތަކެއްގެ ތެރެއިން 2 ފޮތް ތައްޔާރުކުރުން.
  7. އެކެޑެމީން ބޭނުންވެއްޖެ ހިނދެއްގައި  ބަހާބެހޭ މަޢުލޫމާތު މީޑިއާގައި ހާމަކުރުން.
  8. ދިވެހިބަހުގެ ހަމަތަކާއި ބަސް ބޭނުންކުރާ އުސޫލުތައް ހިމެނޭ ލުއިފޮތްތައް އެކަށައަޅައި ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހައިފައިވާ ލިޔުމުގެ ކޮޕީ، އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ލިޔުމެއްކަން އަންގައިދޭ ތައްގަނޑު ޖަހައިފައި).
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 އޮގަސްޓު 4 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:30   

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާ އެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާންގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

 

23 ޖުލައި 2015