ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޅ. ނައިފަރުގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ޅ. ނައިފަރުގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

އިމާމު ކޯސް ލެވަލް 1

ޝަރުޠު:  1- ފަށާތަޢުލީމު ޙާޞިލްކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ

      2- ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ

      3- ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު: 1 މަސް

ޖަމާޢަތްތެރި ކޯސް

ޝަރުޠު:  1- ފަށާތަޢުލީމު ޙާޞިލްކޮށްފައިވުން ( ގްރޭޑް 7 ނިންމާފައިވުން ) ނުވަތަ

      2- ކާތިބުކަމުގެ ސަނަދަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ

      3- ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

ވީމާ މިކޯހުގައި ބައިވެރިވުމަށް އެދޭފޯމު ޅ. ނައިފަރު ކައުންސިލްގެ އިދާރާއިން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން      2 އޮސްޓު 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ޅ. އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މި އިޢުލާނަކީ މިމަރްކަޒުގެ ނަންބަރު (IUL)160-A/1/2015/57 ގެ އިޢުލާނުގެ މުއްދަތު އިތުރުކުރުމަށް ކޮށްފައިވާ އިޢުލާނެކެވެ.

5 ޝައްވާލް 1436

21 ޖުލައި 2015
ހޯދާ